Advertisement

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއި އެކު ވަޒީރުން ހުވާކުރެއްވުން ---

30 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހެލްތު މިނިސްޓަރުގެ މަޤާމު ކުރީގެ ހެލްތު މިނިސްޓަރ ނާޒިމަށް!

ވަޒީރުންގެ މަޖިލީހަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކުގެ ތެރެއިން، ހެލްތު މިނިސްޓަރުގެ މަޤާމަށް ރައީސް ޔާމީނުގެ ދައުރުގައި ހެލްތު މިނިސްޓަރކަން ކުރެއްވި ޢަބުދުﷲ ނާޒިމް ހަމަޖައްސަވައިފިއެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކާއި އެކު ވަޒީރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވަނީ، މީގެ ކުޑައިރުކޮޅެއް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަޤާމަށް ޢަބްދުﷲ ނާޒިމް ޢައްޔަނުކުރެއްވި އިރު، އެމަޤާމުގައި ކުރިން ހުންނެވި، ޑރ. ޢަބްދުﷲ ޚަލީލު މިއަދު ޢައްޔަނުކުރެއްވީ، ފޮރިން މިނިސްޓަރުގެ މަޤާމަށެވެ. އަދި އެމަޤާމުގައި ކުރިން ހުންނެވި، މޫސާ ޒަމީރު ޢައްޔަނު ކުރެއްވީ، ފިނޭންސް މިނިސްޓަރުގެ މަޤާމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.