Advertisement

ފުލުހުންގެ އިދާރާ --

03 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސްކޫލު ކުދިންތަކެއް އެހެން ކުއްޖަކު އޮރިޔާންކޮށް ބްލެކް މެއިލް ކުރި މައްސަލައެއް ފުލުހުން ބަލަނީ

ސްކޫލުކުދިންތަކެއް ވެގެން އެހެން ކުއްޖަކަށް އަނިޔާކޮށް އޮރިޔާންކޮށް ބްލެކް މެއިލްކުރިމަށް ބުނާ މައްސަަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެކަން ހިނގާފައި ވަނީ، ހައްދުންމަތީ ގަމުގައެވެ. އަދި އެކަމުގައި ޝާމިލްވެފައި ވަނީ ގަމުގެ ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންތަކެކެވެ. އަނިޔާ ލިބުނު ކުއްޖާގެ މަންމަ ވަނީ އެހާދިސާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކޮށް، އަދި އެކުއްޖާއަށް އަނިޔާދިން ކުދިންގެ ފަރާތުން ލިިބިފައި ހުރި މެެސެޖުތައްވެސް އާއްމުކޮށްފައެވެ. އެމެސެޖުތަކުން އެނގޭ ގޮތުގައި އެގުރޫޕުގައި ހިމެނޭ ކުދިން ވަނީ، އެކުއްޖާއަށް ބިރުދައްކައިގެން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އަދި މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އެގުރޫޕުން ކުއްޖާ، ގޭގައި ނިދާފައި އޮއްވައި، ކޮޓަރީގެ ކުޑަދޮރަކުން ވަދެ އެ ކުއްޖާގަދަކަމުން ބޭރަށް ގެންގޮސް އޮރިޔާންކޮށް ވީޑިއޯކޮށް އަދި ތަޅައި އަނިޔާކޮށްފައިވެއެވެ. އަދި އެގުރޫޕުގެ ކުދިން ހިމެނޭ ސޯޝަލްމީޑިއާ ގްރޫޕެއްގައި އެވީޑިއޯ ޕޯސްޓްވެސް ކޮށްފައިވެއެވެ.

ކުއްޖާގެ މަންމަ ވަނީ، ކުއްޖާއަށް އިންސާފު ލިބިދާނެތޯވެސް ސުވާލު އުފައްދައި ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
އިއްބެ
މިހިސާބަށްކަންކަންދާއިރު އެކުދިންގެ ބެލެނިވެރިންކޮބާތަ
03 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.