Advertisement

ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަަފީޤު --

30 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފިނޭންސް މިނިސްޓަރ އިސްތިއުފާ ދެއްވައިފި

މިސަރުކާރުގެ ފުރަަތަމަ ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެކަން ހާމަކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކަށް ބަލާއިރު، ފާއިތުވި ދޮޅުމަސްދުވަހުގެ ތެރޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ޑރ. ޝަފީޤު ބައިވެރިވަޑައިނުގަންނަވާކަން ފާހަަގަ ވެފައިވެއެވެ. ސަރުކާރުގެ ފަރާތުން ރަސްމީ ޖަވާބެއް ނުލިބޭތީ، ޑރ. ޝަފީޤު އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި، މޫސާ ޒަމީރު، ފިނޭންސް މިނިސްޓްރީއަށް ހަމަޖައްސަވާފައެވެ. އަދި ހުސްވި ފޮރިން މިނިސްޓަރުގެ މަޤާމަށް ހެލްތު މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ޚަލީލު ހަމަޖެއްސެވުމަށް ފަހުގައި،  ހުސްވި ހެލްތު މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ ޢަބްދުﷲ ނާޡިމެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި އެމަނިކުފާނާއި އެކު ޖުުމުލަ 24 ބޭފުޅުން ތިއްބަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.