Advertisement

އިބްރާހީމް ޖައުހަރީ (ޖޯރޭ) --

01 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ޖޯރޭގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް: ފުލުހުން

އިއްޔެ މާލޭ އުސްފަސްގަނޑާއި ދިމާއި ކަނޑު ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ)ގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފުލުހުންނަށް ފާހަގަވެފައި ނެތް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އިއްޔެ އުސްފަސްގަނޑާއި ދިމާއި ކަނޑު ތެރޭގައި ޖޯރޭ ގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 17:06 ހާއިރުގައެވެ. އޭނާގެ ހަށިގަނޑު މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.

ފުލުހުންގެ އިދާރާައިން ވިދާޅުވީ، އިއްޔެ 15:04 ހާއިރު ބުރިޖާއި ދިމާއިން މޫދަށް އޭނާަ މަސްބާނަން ފޭބިކަން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ މަރުވީ ގެނބިގެން ކަމެއް ނުވަތަ ސިއްޙީ އެހެން މައްސަލައެއް ދިމާވެގެން ކަމެއް މިހާތަނަށް ތަޙްޤީޤަށް އެނގިފައިނުވާ ކަމަށާއި، އެހެން ނަމަވެސް އިތުރު ޓެސްޓްތައް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއި ވިދާޅުވީ ޖޯރޭގެ މަރުގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އިއްޔެ މަރުވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) އަކީ، އެމްޑީޕީގެ އިސްލާޙީ ހަރަކާތްތައް ކަވަރު ކުރުމާއި އެޕާޓީގެ އިވެންޓްތައް ކަވަރު ކުރުމުގައި ކެމެރާމަނެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި މީހެކެވެ. އޭނާަ މަރުވުމާއި ގުޅިގެން އެމްޑީޕީއާއި އެމްޑީޕީގެ އިސްވެރިންވަނީ އާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ.

ޖޯރޭގެ ޖަނާޒާ ބާއްވާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.