Advertisement

އިބްރާހިމް ޖައުހަރީ (ޖޯރޭ) ---

30 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޖޯރޭގެ އާއިލާއަށް ރައީސް ޞާލިޙާއި ރައީސް ނަޝީދުވެސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޖޯރޭގެ އާއިލާއަށް ރައީސް ޞާލިޙާއި ރައީސް ނަޝީދާއި އެމްޑީޕީގެ އިސްބޭފުޅުން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ހ. ވެލަސްފަރުގުގޭ އިބްރާހިމް ޖައުހަރީ، (ޖޯރޭ) މަރުވެފައި އޮއްވައި ފެނުނީ މިއަދު ހަވީރު، މާލޭ އުސްފަސްގަނޑާއި ދިމާ ކަނޑު ތެރެއިންނެވެ. އޭނާއަކީ، 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ އެކި ހަރަކާތްތައް ކަވަރު ކުރުމުގައި ފޮޓޯ ގްރާފަރެއްގެ ހައިސިއްޔަތުންނާއި ވީޑިއޯ ގްރާފަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރި މީހެކެވެ. އެމްޑީޕީގެ ތާރީޚީ ވަރަށް ގިނަ ބައްދަލުވުންތަކާއި ހަރަކާތްތައް އޭނާ ކަވަރުކޮޮށްފައިވެއެވެ.

ޖޯރޭ ނިޔާވުމުގެ ހިތާމައިގައި އެމްޑީޕީގެ ކުރީގެ ދެރައީސުން އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ދެބޭފުޅުން ކަމުގައިވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ޖައުހަރީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. 

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޖައުހަރީއަކީ، ހުނަރުވެރި ކުޅަދާނަ ފޮޓޯގްރާފަރެއް ކަމަށާއި، އިސްލާޙީ ހަރަކާތްތަކުގެ އެންމެހައި މަންޒަރުތައް ކަވަރުކޮށްދިން ވަރުގަދަ ޚިދުމަތްތެރިއެއް ކަމަށެވެ. 

ރައީސް ޞާލިޙް ވެސް ވިދާޅުވީ، އިބްރާހިމް ޖައުހަރީ (ޖޯރޭ)އަކީ ރާއްޖޭގައި ސިޔާސީ އިޞްލާޙީ މަސައްކަތުގެ ފާހަގަކޮށްލެވޭ ބައިވެރިއެއް އަދި އެމް.ޑީ.ޕީ އަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފޮޓޯގްރާފަރެއް ކަމަށެވެ.  

އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒު އިސްމާޢީލްގެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ މަންޒަރުތައް ގެނެސްދިން އިބްރާހިމް ޖައުހަރީ ނިޔާވި ހަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށާއި، ޖޯރޭއަކީ އެމްޑީޕީއަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ އެކްޓިވިސްޓެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.