Advertisement

ކެޓް ޝެލްޓަރ އަށް ބޭނުންވާ ތަކެތި ގަތުމަށް ހަވާލުކުރުން --- ފޮޓޯ: ސިޓީ ކައުންސިލް

27 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ކެޓް ޝެލްޓާއަށް ބޭނުންވާ ތަކެތި ގަންނަން ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހަދަމުން ގެންދާ ކެޓް ޝެލްޓާއަށް ބޭނުންވާ ތަކެތި ގަތުމަށް، ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ހަވާލުކޮށްފައި ވަނީ، ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެކުންފުންޏަށް، އެމަސައްކަތް ހަވާލުކޮށްފައި ވަނީ، 210,036.61 ރުފިޔާއަށް ކަމުގައިވެސް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.

މާލޭ ސިޓީކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިހާރު އަމާޒު ހިފާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކެޓް ޝެލްޓާގެ މަސައްކަތް ނިންމައި ހުޅުވުމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހަދާ ކެޓް ޝެލްޓާގެ މަސައްކަތް ނިމުމުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތައް އެތަނަށް ބަދަލުކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.