Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

27 Sep 2024
ޚަބަރު

އިންޑިއާގެ ބޮޑުވަޒީރަށް ކުރި މަލާމާތް ބަލައެއް ނުގަންނަން: ރައީސް

މިސަރުކާރުގެ ވަރަށް ކުރީކޮޅު، މިސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންތަކެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ބަލައި ނުގަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް"ގައި ދެއްވި ތަޤުރީރުގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަނީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށާއި، އިންޑިއާކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޯދީއަސް ފުރައްސާރަކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި ލީޑަރެއްވިޔަސް އަދި އާދައިގެ މީހަކަށް ވިޔަސް، އެއްވެސް މީހަކާއި ދިމާއަށް އެގޮތަށް މުޚާތަބު ކުރުން ބަލައި ނުގަންނަކަމަށާއި، ކޮންމެ އިންސާނަކީވެސް އަބުރުވެރި މީހެއް ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި، މަލްޝާ ޝަރީފާއި، މަރިޔަމް ޝިއުނާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަކީ، ޕަޕެޓެއް ކަމަށާއި، ޓެރަރިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އެކަމާއި ގުޅިގެން އިންޑިއާގެ މީޑިއާގައި ރާއްޖޭގެ މީޑިއާގައި އެޚަބަރުތައް ފެތުރިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެމީހުން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރައްވާފައެވެ. އަދި ގާތްގަނޑަކަށް 9 މަސްދުވަހު މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ތިއްބެވުމަށް ފަހުގައި އެދެމީހުން މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ މި ސެޕްޓެމްބަރު މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިންޑިއާ އާއި އެކު މިސަރުކާރުން ގުޅުން ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. 

ކޮމެންޓް
އިއްބެ
މަލާމާތެއްކަމަށްބަލައެއްނުގަންނަން ވިދާޅުވިބަހުގެމާނައަކީ މިއީތީއެވެ
27 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.