Advertisement

27 Sep 2024
ޚަބަރު

ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ހަތްވަނަ ބެޗް ފަށައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ހަތްވަނަ ބެޗްގެ ތަމްރީނުތައް ފަށައިފިއެވެ.

ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް ސިލްސިލާ ގޮތެއްގައި ކުރިޔަށްގެންދާ މި ޕްރޮގްރާމަކީ ގައުމީ ދިފާއީ ބާރުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ގިރިފުށީގައި ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ހަތްވަނަ ބެޗްގެ ނިޔަލަށް ސްޓެލްކޯގެ 368 މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. އަދި ހަތްވަނަ ބެޗްގައި 51 މުވައްޒަފުން ބައިވެރިވެ ތަމްރީން ފުރިހަމަ ކުރަމުންދެއެވެ.

މި ޕްރޮގްރާމަށް އިޝާރާތް ކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅު ކުރުމާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމަކީ ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ކުރިއެރުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަހުމީ ވަނީ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމާ ގުޅިގެން ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުއިއްޒަށާއި، ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫންގެ އިތުރުން، ސިފައިންގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.