Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގައި --- ފޮޓޯ: ރައީސް އޮފީސް .

28 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތުރުވެރިންގެ ގޮތުގައި އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް ރާއްޖެއިން މަރްޚަބާ ކިޔާނެ: ރައީސް

ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް ރާއްޖެއިން މަރުޚަބާ ކިޔާނެ ކަމަށާއި، ޔަހޫދީއަކަސް އަދި ނަޞާރާއަކަށް ވިޔަސް ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި އާދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް މީހަކީ ވަކި ދީނެއްގެ މީހަކަށް ވެގެނެއް ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި އައުން މަނާ ނުކުރާކަމަށެވެ. އެހެން ނަމަވެސް އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމާފައި ވަނީ، އިޒްރޭލުން ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުގައި އެކަމުގައި ރާއްޖެއަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން ސަރުކާރުން އިއުލާނު ކުރީ ޖޫން 2، 2024،ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެކަން ނިންމެވުމަށްފަހުގައެވެ. އޭގެ ކުރިން އިދިކޮޅު އެމްޑީޕީންވެސް އޮތީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

އިޒްރާއީލް ޕާސްޕޯޓް ގެންގުޅޭ މީހުންގެ ތެރޭގައި މުސްލިމުންވެސް ހިމެނެއެވެ. އަދި ނަޞާރާއިންވެސް ހިމެނެއެވެ. އެހެން ނަމަވެސް ޔަހޫދީންގެ ތެރެއިން އެތައް މިލިއަން ބަޔަކީ އަދިވެސް އިޒްރާއީލުގެ ރައްވެހީންނެއް ނޫނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.