Advertisement

ފުލުހުންގެ މައި އިދާރާ --

28 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން ފޮނުވީ، އޭސީސީއަށް!

ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެމައްސަލަ ފުލުހުންގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައި ވަނީ، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮތް ތަނަކީ، އޭސީސީ ކަމަށްވާތީ ކަމަށެވެ.

ޕީއެސްއެމްގެ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކެއް މީޑިއާގައި އެންމެ ފުރަތަމަ ހާމަކުރެއްވީ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރުއެވެ. އަދި އޭނާ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިރު އެކުންފުނީގެ،  ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު މަޤާމުން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށްވެސް ހުށައެޅިއެވެ.

ބުރާސްފަތި ދުވަހު އާއްމުކުރި، ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގައި ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމަށެވެ. އަދި ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގައި، އެކުންފުންޏަށް 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމުގައިވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.