Advertisement

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް --

28 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާއި ދެކޮޅަށް: ރައީސް މައުމޫން

އިޒްރޭލުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާއި ދެކޮޅަށް ކަމަށާއި ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ކުރަނީ އެކަން އޮޅުވާލުމަށް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ އަވަހާރަކޮށްލެވިއްޖެ ކަމަށް އިޒްރާއީލުން ރަސްމީކޮށް އާއްމު ކުރިތާ ކުޑައިރުކޮޅެއް ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސް މައުމޫނުގެ ޕޯސްޓުގައި ވިދާޅުވީ، އިސްރާއީލުން ހަނގުރާމަ ކުރަނީ ހަމައެކަނި ޙިޒްބު ﷲ ނޫންކަމަށާއި، އެއީ ހުރިހާ ޢަރަބީންނާއި އަދި  ހުރިހާ މުސްލިމުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ. އަދި އެކަން ހުޅަނގުގެ ޤައުމުތަކުން އޮޅުވައިލިޔަ ނުދެއްވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އިޒްރާއީލުން ވަނީ އިއްޔެ ލުބުނާނުގެ ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް ކާޕެޓްބޮމުގެ ހަމަލާއެއް ދީފައެވެ. އެހަމަލާގައި ބެއިރޫތުގެ ދެހިޔާގައި މީހުން ދިރިއުޅެމުން އައި 9 އިމާރާތް ހިމެނޭ ބްލޮކެއް އެއްކޮށް މުޅިން ފުނޑުފުނޑުވެގެން ދިޔަ ކަމުގައި، ލުބުނާނުގެ ރަސްމީ ފަރާތްތަކުން ޚަބަރުދީފައިވެއެވެ. އެހަމަލާގައި އެތައް ބަޔަކު މަރުވެފައި ވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މަރުވި މީހުންގެ އަދަދު އަންދާޒާކޮށްލަންވެސް ނޭނގޭ ކަމުގައި، ލުބުނާނުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.