Advertisement

ފުލުހުންގެ އިދާރާ ---

18 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާއެއްގެ އެއްވެސް ނިޝާނެއް ނެތް: ފުލުހުން

ރޭ މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރާއި މެދު ޝައްކު އުފެދޭ ބާވަތުގެ ކަމެއް ފެންނަން ނެތްކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ މާލޭގެ ގެއެއްގެ ކޮޓަރީގައި ނިޔާވެފައި އޮއްވައި ފެނިފައި ވަނީ، މ. ނަލަހިޔާ މަންޒިލް، އަޙްމަދު ފަޔާޒް (57އ) ކަަމަށެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އޭނާ ނިޔާވެފައި އޮއްވައި ފެނުނީ، މ. ނަލަހިޔާ މަންޒިލްގެ 3 ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިންނެވެ. ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:33 ހާއިރުގައި ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ފަޔާޒް މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ނެތްކަމަށާއި އަދި އޭނާގެ މަރާއި މެދު ތުހުމަތެއް އުފެދޭ ކަމެއް މިހާތަނަށް ފާހަގަވެފައި ނެތް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.