Advertisement

އަލްއުސްތާޛު އައްބާސް ޝަރީފް --- ފޮޓޯ: މަޖިލިސް

16 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް, ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަންފުޅު ފޮނުއްވެވި، ހ. ޔެލޯރޯޒް، އައްބާސް ޝަރީފްއަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތަޅުމުގައި ރުހުން ދިނުމަށް ފޮނުވޭނީ، %85 މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އެހެން ކަމުން ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ޢައްބާސް ޝަރީފަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ފާސްކުރައްވާފައެވެ. މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް އޭނާގެ ނަންފުޅު ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.