ޚަބަރު
03 Sep 2024
ޚަބަރު
ޑްރަގް ކޯޓުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޑްރަގުކޯޓުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ ދެކުލައަރާގޭ، މުހައްމަދު އަސްލަމް (32އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުސްވި އޮގަސްޓަމަހުގެ 31 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 Sep 2024
ޚަބަރު
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ފްލައިޓާއި، ހެލިކޮޕްޓަރުތަކުގައި ބަލިމީހުން އުފުލުމާއި ގުޅޭ މައުލޫމާތު ހާމަކުރުން ހުއްޓާލައިފި
އެންމެ ފަހުން، ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުގައި ކުރި ބަލިމީހުން އުފުލުމުގެ ދަތުރެއްގެ މައުލޫމާތު މީޑިއާއަށް އެމްއެންޑީއެފުން ހާމަކޮށްފައި ވަނީ، ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އެއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހެލިކޮޕްޓަރުގައި މީހަކު މާލެ ގެނައުމަށް ކުރި ދަތުރެވެ. ޑޯނިއާ ފްލައިޓްގައި ކުރި ދަތުރުތަކުގެ ތެރެއިން އެންމެ ފަހުން މައުލޫމާތު އާއްމުކޮށްފައި ވަނީ، 11 ސެޕްޓެމްބަރު 2023ގައި، ގދ. ތިނަދޫއިން 2 އަހަރުގެ ކުޑަކުއްޖަކު މާލެ ގެނައުމަށް ކާޑެއްދޫ އެއާޕޯޓުން މާލެއަށް ކުރި ދަތުރުގެ މައުލޫމާތެވެ.
03 Sep 2024
ޚަބަރު
"ޓްރޭޑިއަން" ޕްލެޓްފޯމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙްކޮށްދެއްވައިފި
މި ޕްލެޓްފޯމަކީ، ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ.
03 Sep 2024
ޚަބަރު
ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އަންގައިިފި
ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް އެންގި އިރު، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ޑޮލަރުން މުސާރަދެމުން އައި ހަމައެކަނި ކުންފުންޏަކީ، އެމްއޭސީއެލްއެވެ. ޕީސީބީގެ މިއެންގުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ހުއްޓާލަންޖެހޭނެއެވެ.
03 Sep 2024
ޚަބަރު
މީގެ 76 އަހަރުކުރިން އަވަހާރަވެފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.
03 Sep 2024
ކުޅިވަރު
އެފްއޭއެމްގެ މައްޗަށް ދޮޅު މިލިއަންގެ ހުކުމެއް ކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ސައުތު ލީގުގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްޕޮންސާރގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ މުބާރާތް ބާއްވާފައިނުވާތީ، އެ ފައިސާ އަނބުރާ އެސްޓީއޯއަށް ދެއްކުމަށް ސިވިލް ކޯޓުން އާދީއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ.
03 Sep 2024
ޚަބަރު
ރައީސް ކަންކަން ނިންމަވަނީ، މަޝްވަރާކުރައްވަންޖެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ކުރިން ނިންމެވި ނިންމެވުން ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމެވީ ފިޝަރީޒް މިނިސްޓަރާއި މަޝްވަރާ ނުކުރައްވައި، ކަމަށް ރާއްޖޭގެ ނޫހަކުން ރިޕޯޓުކުރުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
03 Sep 2024
ޚަބަރު
ޒައިދާންގެ މަރަށް 3 މަސް: ހުރިހާ ކަމެއް އެމްއެންޑީއެފުން އޮތީ ފޮރުވާފައި!
އެހާދިސާއަށް ތިން މަސްވެގެން ދިޔައިރުވެސް، ހާދިސާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ނުދިނީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ޒައިދާންގެ ގައިގައި މިޔަރު ދަތްއެޅުމާއި ހިސާބުން ފެށިގެން އޭނާ މަރުވެ ވަޅުލުމާއި ހަމައަށް އެމްއެންޑީއެފުން އަމަލުކުރި ގޮތާއި މެދު އެމްއެންޑީއެފްގެ ބައެއް އިސް އޮފިސަރުންވެސް ނުރުހުންފާޅުކޮށްފައިވާކަން އެނގިފައިވެއެވެ.
02 Sep 2024
ޚަބަރު
ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވެއްޖެ
އަންހެނަކު ރަހީނުކޮށް، މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރި، އަޠުހަރު ޖަލުގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރި، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) މަރުވެއްޖެއެވެ.
02 Sep 2024
ޚަބަރު
ފްލެޓާއި ގޯތި ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ މީހުންނަށް އެތަންތަން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައި ކަމަށާއި، އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
02 Sep 2024
ޚަބަރު
ލޭނުގެ މަސްވެރިކަމަށް ހުޅުވާނުލުމަށް ނިންމި ނިންމުމަށް ތާއީދުކޮށް ރައީސަށް ޝުކުރުއަދާކުރައްވައިފި
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރައްވާފައިވާ ކަމަށާއި، މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ވެސް އެ ޔޫނިއަންއިން ޝުކުރުވެރިކަމާއިއެކު ފާހަގަކުރައްވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
02 Sep 2024
ޚަބަރު
ތަސްލީމް ގެއްލުނު މައްސަލަ: ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤުކުރަނީ
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ގެއްލުނު މައްސަލަ މިހާރު ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
02 Sep 2024
ޚަބަރު
ފުލުހުންގެ ޓައިމް ލައިން: ލިބުނު ޖަވާބަށް ވުރެ އުފެދުނު ސުވާލުތައް ވީ ގިނަ!
ފުލުހުން އެންމެ ފުރަތަމަ އަޠުހަރު ހައްޔަރުކުރީ، ފަރުވާއަށް ފަހު އޭޑީކޭން ދޫކޮށްލުމުންނެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ހޮޑުލާތީ، އައިޖީއެމްއެޗްއަށް ގެން ގޮސްފަރުވާ ދިނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޠުހަރު ޝަރީޢަތް ނިމެންދެން ބަންދުޖެހި ޝަރީޢަތުގެ މަޖިލީހަށް އޭނާ ހާޟިރެއް ނުކުރެއެވެ. އަދި ހާޟިރު ނުކުރި ސަބަބެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
02 Sep 2024
ޚަބަރު
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވާން ނިންމަވައިފި
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމެވި ނިންމެވުމާއި ގުޅޭ މައުލޫމާތު ޙިއްޞާކުރައްވަމުން، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެމުހާދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ، އެމުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކަށް ލިބިދޭ އިނާޔަތްތައް ރާއްޖެއިންވެސް ހޯދުމަށްޓަކައި ކަމަށެވެ
02 Sep 2024
ޚަބަރު
އެޗްޑީސީ ޕަބްލިކް ކުންފުންޏަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކުރައްވައިފި
އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކޮށް އެފްޑީސީއަކީ، އެޗްޑީސީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ނިންމާފައެވެ. އަދި އެޗްޑީސީގެ ޙިއްޞާ އާއްމުންނަށް ވިއްކުމާއި މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވުނު ކަމަށާއި، އެހެން ނަމަވެސް އެކަމަށް އިއްޔެ ވަކިގޮތެއް ނިންމިފައި ނުވާކަން ޑރ. ޢަލީ ހައިދަރު ފާހަގަކުރެއްވިއެވެ.
02 Sep 2024
ޚަބަރު
އަޠުހަރު މަރުވާން އުޅުނު ހާދިސާގެ ބައެއް މައުލޫމާތު ފުލުހުން ހާމަކޮށްފި
ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފުވެސް ވަނީ، އެމައުލޫމާތާއި ގުޅިގެން ދޫނިދޫ ކަސްޓޯޑިއަލްއަށް، ނާޑުވާ ހުންނަ ތަކެތި ވެއްދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ޖަލުގޮޅީގައި އަޠުހަރު ބަންދުކުރި އިރު، އޭނާގެ ޞިއްޙީ އަދި ނަފްސާނީ ޙާލަތަށް ބަލާފައިވޭތޯ އާއި، ޖަލު ގޮޅީގައި އޭނާ ހުރި އިރު މޮނީޓަރކުރަމުން ދިޔަ ގޮތާއި ގުޅޭ ގޮތުންވެސް ސުވާލުއުފައްދަވާފައިވެއެވެެ.