Advertisement

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ---

02 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވާން ނިންމަވައިފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ހުށައެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތީންނެވެ. ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއަށް އެއްވެސް ބައިނަލްއަޤުވާމީ މުއާހަދާއެއްގައި ސޮއެކުރެވޭނީ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެމަޖިލީހުގެ ރުހުން ލިބިގެންނެވެ. 

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމެވި ނިންމެވުމާއި ގުޅޭ މައުލޫމާތު ޙިއްޞާކުރައްވަމުން، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެމުހާދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ، އެމުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކަށް ލިބިދޭ އިނާޔަތްތައް ރާއްޖެއިންވެސް ހޯދުމަށްޓަކައި ކަމަށެވެ. އަދި ދުނިޔޭގެ 178 ޤައުމަކުން މިހާރު އެ މުއާހަދާަގައި ބައިވެރިވެފައިވާ އިރު، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މިހާތަނަށް އެމުއާހަދާގައި ބައިވެރި ނުވެ އޮތީ ދިވެހިރާއްޖެއާ ބޫޓާނުންކަންވެސް ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މުޅި ދުނިޔެއިންވެސް އެމުއާހަދާގައި ބައިވެރިނުވެ އޮތީ 17 ޤައުމަކުންނެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަކީ، ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތަށް ބޭރުގެ އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ނިއުކުލިއަ ހަތިޔާރާއި ހަކަތަ އާއި އީޖާދުތަކަކީ، އިންސާނުގެ ސިއްޙަތަށް ގެއްލުންދޭ އެއްޗަކަށްވާތީ، ނިއުކުލިއަ އުފެއްދުންތައް ރެގިއުލޭޓް ކުރުމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ އުފައްދާފައި ވަނީ 1957 ވަނަ އަހަރުގައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.