Advertisement

02 Sep 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވެއްޖެ

އަންހެނަކު ރަހީނުކޮށް، މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރި، އަޠުހަރު ޖަލުގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރި، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) މަރުވެއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޠުހަރު މަރުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 16:08 ގައެވެ.

އަޠުހަރު ޖަލުގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރީ، ސޯޓެއްގެ ނާޑުވާއެއް ބޭނުންކޮށްގެން ކަމުގައި ހޮސްޕިޓަލާއި ހަވާލާދީ ބައެއް މީހުން ވަނީ ބުނެފައެވެ.

އެ ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައި ވަނީ، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ދޫނިދޫގައި އޭނާ ބަންދުކޮށްފައި ހުރި ޖަލުގޮޅި ތެރޭގައި ދަންޖެހިފައި ހުއްޓައި ފެނުނީ އާދީއްތަ ދުވަހުގެ ރޭގެ 19:02 ގައެވެ. އަދި ދޫނިދޫ ކުލިނިކްގައި އޭނާއަށް ފަރުވާ ދިނުމަށްފަހުގައި، ރޭ 19:25ގައި އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފެށުނު ކަމުގައި ފުލުހުން ހާމަކުރައްވާފައި ވެއެވެ. އެހެން ނަމަވެސް އަޠުހަރު ފެނުނީ، ދަންޖެހުނުތާ ކިހާ އިރެއް ފަހުން ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.