Advertisement

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ---

02 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އެޗްޑީސީ ޕަބްލިކް ކުންފުންޏަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކުރައްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޕަބްލިކް ކުންފުންޏަކަށް ހަދަން އުޅޭކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ، އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރެވެ.

އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކޮށް އެފްޑީސީއަކީ، އެޗްޑީސީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ނިންމާފައެވެ. އަދި އެޗްޑީސީގެ ޙިއްޞާ އާއްމުންނަށް ވިއްކުމާއި މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވުނު ކަމަށާއި، އެހެން ނަމަވެސް އެކަމަށް އިއްޔެ ވަކިގޮތެއް ނިންމިފައި ނުވާކަން ޑރ. ޢަލީ ހައިދަރު ފާހަގަކުރެއްވިއެވެ.

ޑރ. ޢަލީ ހައިދަރު ވިދާޅުވީ އެބަދަލުތައް ގެނައުމުގެ ދިރާސާތައް ކުރެއްވުމަށްފަހު އެކަން ސަރުކާރުން ޢާއްމުކޮށް ރައްޔިތުންނާއި ޙިއްޞާ ކުރައްވާނެއެވެ.

ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނަކީ،  އެންމެ ފުރަތަމަ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި އުފެއްދެވި ކުންފުންޏެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީގެވެސް މާލީ ޙާލަތު ވަނީ ގޯސްވެފައި ކަމަަށް އެނގިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.