Advertisement

އެމްއޭސީއެލްއިން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ---

03 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އަންގައިިފި

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެމުން އައި ކުންފުނިތަކުން، ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން މިގޮތަށް އަންގާފައި ވަނީ، ކުންފުނިތަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަންގައި ނެރުނު ސަރކިއުލާގައެވެ. މިސަރކިއުލާގައި އަންގާފައިވާ ފިޔަވަޅުތައް، މިއަދުންފެށިގެން ތަންފީޒް ކުރަމުން ދިޔުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. 

ޕީބީސީގެ ސަރކިއުލާގައި މައިގަނޑު ހަތަރު ދާއިރާއަކުން ޚަރަދުތައް ކުޑަކުރުމަށް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ދަތުރުތަކަށް ކުރާ ޚަރަދާއި، މުވައްޒަފުންނަށް ކުރާ ޚަރަދާއި، އެހެނިހެން ޚަރަދު ހިމެނެއެވެ.

މުވައްޒަފުންނަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް އެންގުމުގެ އިތުރުން، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްޔަކަށް ބަދަލު ނުގެނައުމާއި، އިތުރު މުވައްޒަފުން ނުނެގުމަށާއި، އިތުރުގަޑީގައި މަސައްކަތް ނުކުރުވުމަށްވެސް ވަނީ އަންގާފައެވެ. އަދި ކުންފުނިތަކުގެ މަސައްކަތްތައް އައުޓްސޯސްކޮށްގެން ކުރުން ހުއްޓާލުންވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ އަންގާފައެވެ.

ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް އެންގި އިރު، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ޑޮލަރުން މުސާރަދެމުން އައި ހަމައެކަނި ކުންފުންޏަކީ، އެމްއޭސީއެލްއެވެ. ޕީސީބީގެ މިއެންގުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ހުއްޓާލަންޖެހޭނެއެވެ. 

ޕީސީބީން މިފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކަށް އަންގާފައި ވާއިރު، ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ކޮމެންޓް
ތަކުރު
ކާކުބުނީ އެމްއޭސޯއެލް އިން ޑޮލަރުން މުސާރަ ދެޔޭ؟ އެމްއޭސީއެލް އިން ޑޮލަރުން މުސާރަ ދެނީ ހަމަ އެކަނި ބިދޭސީންނަށް، ދިވެހިންނަށް ދެނީ ދިވެހިރުފިޔާއިން. އެކަމަކު ދިވެހިންނަށް ޑޮލަރ ވިއްކަނީ ބޭންކް ރޭޓުން. އޮޅުވާނުލާ
03 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.