Advertisement

ރ. އުނގޫފާރު، ނިއުލައިފް، މުހައްމަދު ޒައިދާން --

03 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޒައިދާންގެ މަރަށް 3 މަސް: ހުރިހާ ކަމެއް އެމްއެންޑީއެފުން އޮތީ ފޮރުވާފައި!

އެމްއެންޑީއެފްގެ ތަމްރީންތަކެއްގައި، އުޅެނިކޮށް މިޔަރެއް ދަތް އެޅުމުގެ ސަބަބުން، އެކަށީގެންވާ ފަރުވާ ނުލިބި ނިޔާވި، އެމްއެންޑީއެފްގެ ކޯޕްރަލް ރ. އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާންގެ މަރާއިގުޅޭ ހުރިހާ މައުލޫމާތެއް އެމްއެންޑީއެފުން ނުދީ ހިފަހައްޓައިފިއެވެ.

އެހާދިސާއަށް ތިން މަސްވެގެން ދިޔައިރުވެސް، ހާދިސާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ނުދިނީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ޒައިދާންގެ ގައިގައި މިޔަރު ދަތްއެޅުމާއި ހިސާބުން ފެށިގެން އޭނާ މަރުވެ ވަޅުލުމާއި ހަމައަށް އެމްއެންޑީއެފުން އަމަލުކުރި ގޮތާއި މެދު އެމްއެންޑީއެފްގެ ބައެއް އިސް އޮފިސަރުންވެސް ނުރުހުންފާޅުކޮށްފައިވާކަން އެނގިފައިވެއެވެ. 

ޒައިދާންގެ މަރުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އެތެރޭގެ ތަޙްޤީޤެއް ހިންގާފައިވާ ކަމަށް ބުނެފައި ވާއިރު، އެތަޙްޤީޤަށް ފާހަގަވީ ކޮންކަމެއް ކަމެއްވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އަދި ޒައިދާންގެ މަރުގެ މައްސަލަ، ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް މުއައްސަސާއަކުން ބަލައި ތަޙްޤީޤުކޮށްފައެއް ނުވެއެވެ.

ޒައިދާންގެ މަރާއި، އެމްއެންޑީއެފުން ޖަވާބުދޭން ބޭނުންނުވި ސުވާލުތައް!

ޒައިދާން މަރުވީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު، ހައްދުންމަތީ މާވަށު ކައިރިން މާކަނޑުގެ ސަރަހައްދުގައި އޭނާ އޮއްވައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އެކަށީގެންވާ ފަރުވާ ނުލިބި ލަސްވުމާއި ގުޅިގެން ކަން ބެލެވިފައިވެއެވެ.

ޒައިދާން ނިޔާވި އިރު އޭނާ ދިވެހި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރަންފެށިތާ 4 އަހަރާއި 11 މަހާއި 13 ދުވަސް ވަނީ ވެފައެވެ.

ކޮމެންޓް
ކަމަނަ
ހުސް އިހުމާލު ކީއްކުރާނީ ނިކަމެތި ރައްޔިތުން ޖެހޭނީ ހަމަތިބެން ހަދާނެގޮތެއް ހަދަންދެން
03 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.