ޚަބަރު
ޚަބަރު
26 Aug 2024
ޚަބަރު
އަމިއްލަ ކުންފުނިތަކަށް ސަރުކާރުންދޭން ޖެހޭ ފައިސާގެ ބަދަލުގައި ބިން ކުއްޔަށް ދެނީ
ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހި ނުދެވި ހުރި ފައިސާގެ ބަދަލުގައި، އެކުންފުނިތަކުން ބޭނުންނަމަ ކުލީ ބިންދިނުމާއި، މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން އެފައިސާ އުނިކޮށްދިނުމަށާއި، ޓީ ބޮންޑަށް ބަދަލުކުރުމަށް ބޭނުންވާ ކުންފުނިތަކަށް އެފުރުޞަތުދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
26 Aug 2024
ޚަބަރު
ފެނަކަ ކޯޕަރޭޝަނަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏަކަށް ހެއްދެވުމަށް ރައީސް ނިންމަވައިފި
އެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ގޮތަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމާއި މެދު މަޝްވަރާކުރެއްވުމަށްފަހުގައެވެ. އެއޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައެވެ.
26 Aug 2024
ޚަބަރު
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، އެ އޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
26 Aug 2024
ޚަބަރު
ޓްރާންސްޕޯޓު މިނިސްޓަރު އަމީން ސަޢޫދީއަށް ފުރާވަޑައިގެންފި
މިދަތުރުގައި ދެ ޤައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ޤާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެމިނިސްޓްރީންް ވިދާޅުވެއެވެ.
26 Aug 2024
ލައިފްސްޓައިލް
މަސައްކަތު ގަޑި ނިމުމުން އޮފީސް ކަންތައްތަކާ ނޫޅެ ހުރުމުގެ ހައްގު އޮސްޓްރޭލިއާގައި ފަހިކޮށްދީފި
މަސައްކަތު ގަޑި ނިމުމުން، އޮފީހުގެ ކޯލުތަކާއި މެސެޖުތަކާއި އަދި އީމެއިލްތަކަށް އަޅާނުލާ ހުރުމުގެ ހައްގު، އޮސްޓްރޭލިޔާގެ މަސައްކަތްތެރިންނަށް ގާނޫނަކުން ފަހިކޮށްދީފިއެވެ. މި ގާނޫނާއެކު، ނުރަސްމީ ގަޑީގައި ފޯނަށް ޖަވާބު ނުދިނުމަކުން މަސައްކަތްތެރިޔާއަށް އޮފީހުން ފިޔަވަޅެއް ނޭޅޭނެއެވެ.
26 Aug 2024
ޚަބަރު
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކުގެ އިސް ދެބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރި ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ، މިފެށެނީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށްޓަކައި، އިޤުތިޞާދު ސިންދަފާތުކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ، އަދި މިސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ އެންމެ މުޙިއްމު ވަޢުދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
26 Aug 2024
ޚަބަރު
މަޖީދީއްޔާ ސްކޫލުގެ އާސާރީ ދެއިމާރާތް ޤައުމީ ތަޢުލީމީ ދާރުލް އާސާރަކަށް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ ވާހަކަފުޅުގައި، މަޖީދިއްޔާ ސްކޫލުގައި ހުރި، ޤަރުނެއްވާން ގާތްވެފައިވާ ބިނާ، ދާރުލްޢުލޫމާއި، ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ކުރިބޯށި ޢިމާރާތަކީ، މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންގެ ފަޚުރެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
26 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ބިދޭސީންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރީގެ ޚިދުމަތް ދިނުމުގައި، ނަގަންޖެހޭ އެއްވެސް ހުއްދައެއް ނުނަގައި، އަދި އެއްވެސް ސާފުތާހިރުކަމެއް ނެތި، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ މިވިޔަފާރި ހިންގާތަން ބަލައި ފާސްކޮށް، އެތަނުން 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
26 Aug 2024
ޚަބަރު
ސީޝެލްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި
މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުންވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަފްލާހް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުއާޒް ރަޝީދު އަދި ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާޤް ބައިވެރިވެވަޑައިގަތެވެ.
26 Aug 2024
ދުނިޔެ
އަލްގައިދާއާ ގުޅުންހުރި ގްރޫޕަކުން ބުރުކިނާ ފަސޯގެ 200 މީހުން މަރާލުމުގެ ޒިންމާ ނަގައިފި
އަލްގައިދާއާ ގުޅުންހުރި ޖަމާއަތެއް ކަމުގައިވާ، ޖަމާއަތު ނުސްރަތު އަލް-އިސްލާމް ވަލް-މުސްލިމީން (ޖޭނިމް) އިން ބުރުކިނާ ފަސޯގެ 200 މީހުން މަރާލައި، 140 އެއްހާ މީހުންނަށް އަނިޔާދިންކަމުގެ ޒިންމާ ނަގައިފިއެވެ. ބުރްކިނާ ފަސޯއަށް މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ހަމަލާ އަކީ އެ ގައުމުގެ ސްޓްރެޓެޖިކް ޓައުން ކަމުގައިވާ ކަޔާގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ބާސަލޯގޯ ސަރަހައްދުގައި ދީފައިވާ ހަމަލާއެއް ކަމަށް މައްސަލަ ދިރާސާކުރަ ފަރާތްތަކުން ވަނީ ބުނެފައެވެ.
26 Aug 2024
ޚަބަރު
މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" ރައީސް އިފްތިތާޙްކޮށް ދެއްވައިފި
މިބިނާ އިފްތިތާޙްކޮށްދެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
26 Aug 2024
ޚަބަރު
ސަރުކާރު މުވައްޒަފުންނަށް 4 ދުވަހުގެ ޗުއްޓީއެއް!
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ގުޅިގެންނެވެ. މިއަހަރުގެ ޤައުމީ ދުވަސް، ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ދިމާވަނީ، ރާއްޖޭގައި ޢަމަލުކުރާ މީލާދީ ކަލަންޑަރުން ސެޕްޓެމްބަރު މަހުގެ 4ވާ ބުދަ ދުވަހަށެވެ. އެހެންވެ ސެޕްޓެމްބަރު 5 ވަނަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުން، ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް، ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބިގެން ދާނެއެވެ.
25 Aug 2024
ޚަބަރު
ވަގަށް ނަގައި މަރާލި، ނޫސްވެރިޔާ އަޙްމަދު ރިޟުވާންގެ ބައްޕަ ނިޔާވެއްޖެ
ޢަބްދުﷲ މޫސާ ނިޔާވީ، ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހުގައި، މިރޭ އިރާކޮޅު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. މާލޭ ލޯކަލް މާރުކޭޓުގައި ގޮޅިއެއްވެސް ހިންގި ޢަބުދުﷲ މޫސާއަކީ، ބާޒާރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރިކުރި މީހެކެވެ.
25 Aug 2024
ޚަބަރު
ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި
ސޯޝަލް މީޑީއާގައި ފަހުމީ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވާގޮތުން، އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމެވީ، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑު ބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
25 Aug 2024
ޚަބަރު
ބީއެމްއެލްއިން އުޅުނީ ނިޒާމީ ބަޣާވާތެއް ގެންނަން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ތުހުމަތުކޮށްފި
ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބި، އޮފިޝަލުން ވަނީ، ބޭންކުން ގެންނަން އުޅުނީ ނިޒާމީ ބަޣާވާތެއް ކަމުގައި ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަތީފާއި، ސަސްޕެންޝަންގައި ހުރި މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ އާއި ސަރުކާރަށް ތާއީދު ކުރާ އެހެން ސިޔާސީ އެކްޓިވިސްޓުންވެސް ހިމެނެއެވެ.
25 Aug 2024
ޚަބަރު
ރައީސް މައުމޫނުގެ އެމްއާރްއެމް އަނެއްކާވެސް އުވާލައިފި
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެމްއާރްއެމް އުވާލުމަށް ކޮމިޝަނުން ނިންމީ، އެޕާޓީގައި ޤާނޫނުގައި ބުނެފައިވާ ޢަދަދަށް 3000 މެމްބަރުން ހަމަ ނުވާތީ ކަމުގައެވެ.