Advertisement

މަޖީދިއްޔާ ސްކޫލުގެ ސައްތަވީ ބިނާ --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" ރައީސް އިފްތިތާޙްކޮށް ދެއްވައިފި

މަޖީދިއްޔާ ސްކޫލަށް، 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ބިނާކުރި، "ސައްތަވީ ބިނާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. 

މިބިނާ އެމަނިކުފާނު އިފްތިތާޙްކޮށްދެއްވީ، ރޭ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މިބިނާ އިފްތިތާޙްކޮށްދެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.

މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" ފަރުމާކޮށް އެބިނާ ހެދުމުގެ މަސައްކަތްކޮށްފައި ވަނީ، މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންނެވެ.

މަޖީދިއްޔާ ސްކޫލް ހުޅުވުނީ، 1927 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެސްކޫލަށް 100 އަހަރު ފުރެން ދެން ބާކީ އޮތީ ދޮޅުއަހަރެއްހައި ދުވަހެވެ. 

މަޖީދިއްޔާ ސްކޫލަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރަސްމީ ތަޢުލީމުދޭ ސްކޫލެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.