Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖީދީއްޔާ ސްކޫލުގެ އާސާރީ ދެއިމާރާތް ޤައުމީ ތަޢުލީމީ ދާރުލް އާސާރަކަށް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މަޖީދިއްޔާ ސްކޫލުގެ އާސާރީ އިމާރާތްތައް، ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މަޖީދިއްޔާ ސްކޫލުގައި ހުރި، ޤަރުނެއްވާން ގާތްވެފައިވާ ބިނާ، ދާރުލްޢުލޫމާއި، ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ކުރިބޯށި ޢިމާރާތަކީ، މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންގެ ފަޚުރެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން މަޖީދިއްޔާގެ ކޮންމެ ދަރިވަރެއް، އިސް ދަރިވަރެއްގެ ފަޚުރު ކަމުގައިވާ "ދާރުލްޢުލޫމާއި ކުރިބޯށި"، އަޅުގަނޑުމެންގެ ޕްލޭނަކީ އިރާދަކުރެއްވިއްޔާ ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމެއް ގޮތުގައި އެތަން ތަރައްޤީ ކުރުން." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު --

ރައީސް ވިދާޅުވީ، އެތަންތަން  ތަރައްޤީކުރައްވާނީ، މަޖީދިއްޔާ ސްކޫލާއި ރާއްޖޭގެ ތަޢުލީމީ ހަޔާތުގެ ތާރީޚު ދައްކައިދޭ މިއުޒިއަމެއްގެ ގޮތުގައި ކަމަށެވެ. އަދި އޭރުން އެތައް ޒަމާނަކަށް، ރައްކާތެރިކަމާއި، ރީތިކަމާއި، އާރޯކަމާ އެކީގައި، އިމާރާތް ދެމިހުރުމާ އެކީގައި، މަޖީދިއްޔާ ސްކޫލްގެ ވާހަކަ އާއި، ރާއްޖޭގެ ތަޢުލީމީ ވާހަކަ، އެ ތަނުން އެނގެން ހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޖީދިއްޔާގައި އެމަނިކުފާނު ތަޢުލީމު ހާސިލްކުރެއްވި އިރު، އެސްކޫލުގެ ގޯތިތެރޭގައި ވަޅުލި ކެޕްސިއުލެއްގެ ވާހަކަ ފާހަގަކުރެއްވިއެވެ. އަދި އެ ގެއްލިގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިން މަޖީދިއްޔާއިން ވަކިކޮށް ދަރުމަވަންތަ ސްކޫލަށް ދިން ބިމުގައި އަނެއްކާވެސް އަންނަ އަހަރު، މަޖީދިއްޔާއަށް 40 ކްލާސްރޫމުގެ އައު އިމާރާތެއް އަޅުއްވައިދެއްވާނޭ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.