Advertisement

ޕީއެންސީގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އާދީއްތަ ދުވަހު ކުރަން އުޅުނީ ބަޣާވާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުން ގެނައި ބަދަލާއި އެއާއި ގުޅިގެން ހިނގައި ދިޔަ ކަންތައްތަކަކީ ބަޣާވާތެއް ގެންނަން އުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ޕީއެންސީ އެޕާޓީގެ ހަރުގޭގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމާއި ގުޅޭ ތަޙްޤީޤުތައް ފުލުހުން ފަށާފައިވާކަން މިރޭ އިޢުލާނުކުރުމަށްފަހު ރައީސް ވިދާޅުވީ، އެކަން ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް ކަމަށެވެ. އަދި އެއީ މިސަރުކާރާއި ދެކޮޅަށް ގެންނަ އުޅުނު ދެވަނަ ބަޣާވާތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވޭ މީހުންގެ މައްޗަށް ދައުވާކޮށް، އެމީހުންގެ މައްޗަށް އެކަން ސާބިތުވެއްޖެ ނަމަ، ކޯޓުގެ ނިންމުންތައްވެސް ތަންފީޒް ކުރައްވާނެ ކަމަަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެއިން އެއްވެސް ކަމެއްގައި ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގައި ވިދާޅުވިއެވެ.

"ސަރުކާރު ޣައިރު ޤާނޫނީ ގޮތެއްގައި ބަދަލުކުރުމާއި އަދި އެނޫންވެސް ޣައިރު ޣާނޫނީ ގޮތެއްގައި، ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ކުރާ މަސައްކަތް، ޤާނޫނު އަސާސީގައި އޮންނަ ގޮތަކަށް، ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ފުރިހަމަ ބާރާއިއެކުގައި ޤާނޫނު އަސާސީގައި އޮންނަ ގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އަދި އެކުރާ ތަޙްޤީޤަކުން އެފާހަގަވާ ކަމެއް، ތަންފީޒް ކުރުމުގައި، ކުއްވެރިވަނީ ކޮންމެ މީހަކު ކަމުގައި ވިޔަސް، އެމީހަކާއި ދޭތެރޭގައި ޝަރީޢަތަކަށް ފޮނުވައިގެން، އެމީހަަކަށް އެކަން ސާބިތު ވެއްޖިއްޔާ، ތަންފީޒު ކުރާނަން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން 17 ނޮވެމްބަރުގައި ނިމިގެން ހިނގައްޖެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނު މިނިވަން ވުމުންވެސް އެކަން ސާބިތުވާނެ ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ބީއެމްއެލްއިން އިއްޔެ ރުފިޔާކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ނިންމުމާއި، އަދި ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ދޭ ލިމިޓް 100 ޑޮލަރަށް ދަށްކުރުމަށް ނިންމުމާއި އެކު އެކަމާއި އެއާއި ގުޅިގެން ހިނގައި ދިޔަ އެހެން ކަންތައްތަކަކީ، ރޭވިގެން ގެންނަ އުޅުނު ބަޣާވާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.