Advertisement

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ ބޮޑު ޚިޔާނާތްތެރިއަކީ ރައީސް ޔާމީނު ކަމަށް ފަލާޙް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިރާއްޖެއަށް އެންމެ ބޮޑު ޚިޔާނާތެއްވީ ބޭފުޅަކީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، ޕީއެންސީގެ ހަރުގޭގައި މިހާރު ކުރިޔަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް ތުހުމަތުތައް ކޮށް، ފަލާޙް ވަނީ، އެދެކަނބަލުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މަލާމާތާއި ފުރައްސާރަވެސް ކުރައްވާފައެވެ.

ފަލާޙް ވިދާޅުވީ، ރައީސް ޔާމީން އުޅުއްވަނީ، ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވީތީ އެކަމާއި ހަސަދަވެރިވެވަޑައިގެންކަމަށެވެ. ފަލާޙް ވަނީ، އެމްއެމްޕީއާރްސީގެ ވައްކަމުގައި އޭނާ އާއި އެހެން ބައެއް ބޭފުޅުން ބައިވެރިވިކަމަށް ހިމަނާފައި ވަނީވެސް ރާވައިގެން ކަމުގައި ފަލާޙް ވިދާޅުވިއެވެ.

"ބައްލަވާ އެމްޑީޕީއާ ރައީސް ޔާމީނާއި، އަދީބާއި އެތައް ބަޔަކު ހިމެނިގެން އަޅުގަނޑުމެން ލިސްޓުގައި ހިމަނާފައި އޮތީ. އަޅުގަނޑުމެންގެ 80000 ޑޮލަރު ގަތްކަން އޮންނާނެ ފެންނަން. މިއަދު މައްސަލަ ބަލާށޭ މިދަންނަވަނީ. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މިދަންނަވަނީ، އެމްއެމްޕީއާރްސީގައި، ވައްކަން ކުރި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެފައިސާ ދައުލަތަށް ހޯދައި ދެއްވާށޭ."

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް --

ފަލާޙް އިތުރަށް ވިދާޅުވީ، އެފައިސާ ދައުލަތަށް ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކުރައްވަމުން ކަމަށެވެ. އަދި އެފައިސާ ދައުލަތަށް ހޯއްދަވާނެ ކަމުގައިވެސް ފަލާޙް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ގިނަވެރިން އެފައިސާ ބަހައްޓާފައި ވަނީ ސިންގަޕޫރުގެ އެކައުންޓްތަކުގައި ކަމަށާއި، އެޑޮލަރު ރާއްޖެ އެތެރެކުރެވުނު ނަމަވެސް ޑޮލަރަށް އޮތް ދަތިކަން ފިލާނެ ކަމުގައިވެސް ފަލާޙް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ފާޑު ވިދާޅުވެ ފަލާހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި މުލިއާގޭ ވަޅުދިޔަ ހިއްކުމަކީވެސް އެބޭފުޅުން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި މުލިއާގެއަށް ވަޑައިގަންނަވަން ރައީސް ޔާމީނު ދައުވަތު ދެއްވުމުން އެގެއަށް ވަޑައިގަންނަވަނީވެސް މަސައްކަތް ކުރަންޖެހޭތީ ބައު ހެދުމުގައިކަމަށްވެސް ފަލާޙް ވިދާޅުވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.