Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޑީ.ބީ.އެމްގެ އިސްވެރިންނާއި ބައްދަލުކުރެއްވުން --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކުގެ އިސް ދެބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުގެ ދަށުން، އުފެއްދެވި، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ އެންމެ އިސް ދެ މަޤާމަށް އައްޔަނުކުރައްވާ ދެބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ، ޑރ، މުޙައްމަދު މުޢިއްޒު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެބޭންކުން ޗެއާޕަރސަންއަކީ، އަރޫނީ ގޫނެތިލެއްކެ އެވެ. އަދި ސީއިއޯއަކީ، ނޯއެލް ގްރެގަ ޕީޓާސަން ޖޯންސް އެވެ. މި ދެބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ބައްދަލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރި ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ، މިފެށެނީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށްޓަކައި، އިޤުތިޞާދު ސިންދަފާތުކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ، އަދި މިސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ އެންމެ މުޙިއްމު ވަޢުދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭންކުގެ އިސް މަޤާމުތަަކަށް އައްޔަނުކުރައްވާ މިބޭފުޅުންނާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެބޭފުޅުންނަކީ، ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންކަމަށެވެ.  

"އިރާދަ ކުރައްވިއްޔާ ކުރިޔަށް އޮތް ދުވަސްތަކަކީ، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ރާއްޖޭގައި ޤާއިމް ކުރެވި، އެމަސައްކަތް ފަށައިގަނެވި، ރާއްޖޭގެ ޓުރިޒަމް އިންޑަސްޓްރީގައި ރިޒޯޓުތައް ހެދުމަށާއި، އަދި ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރާނޭ ފަރާތްތަކަށް، ހަބެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މިބޭންކް ވެގެން ދާނެ. ރިއަލްއެސްޓޭޓާއި، ހައުސިން މާކެޓަށްވެސް އަދި އެހެން ދާއިރާތަކަށްވެސް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ އެންމެ އިސް ދެ މަޤާމަށް އައްޔަނުކުރައްވާ ދެބޭފުޅުންނާއިއެކު ބޭއްވި، މި ބައްދަލުކުރެއްވުމުގައި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަދި ސީއީއޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ސިންދަފާތު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ، 16 މޭ 2024ގައެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.