Advertisement

ޢަޙްމަދު ރިޟުވާނުގެ ބައްޕަ، ޢަބްދުﷲ މޫސާ -- ފޮޓޯ: ސޯޝަލްމީޑިއާ

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ވަގަށް ނަގައި މަރާލި، ނޫސްވެރިޔާ އަޙްމަދު ރިޟުވާންގެ ބައްޕަ ނިޔާވެއްޖެ

މީގެ 10 އަހަރު ކުރިން، ވަގަށް ނަގައި މަރާލާފާއިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބުދުﷲގެ ބައްޕަ، ހއ، ދިއްދޫ، ސީނިއަސުރުމާގޭ، ޢަބުދުﷲ މޫސާ މިރޭ ނިޔާވެއްޖެއެވެ.

ޢަބްދުﷲ މޫސާ ނިޔާވީ، ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހުގައި، މިރޭ އިރާކޮޅު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. މާލޭ ލޯކަލް މާރުކޭޓުގައި ގޮޅިއެއްވެސް ހިންގި ޢަބުދުﷲ މޫސާއަކީ، ބާޒާރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރިކުރި މީހެކެވެ.

ޢަބްދުﷲ މޫސާ ގެ ދަރިފުޅު، މިނިވަން ނޫހުގެ ނޫސްވެރިޔާ، އަޙްމަދު ރިޟުވާންއަށް ވީގޮތެއް ހޯދުމަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޢަބްދުﷲ މޫސާގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ކަށުނަމާދާއި މާދަމާގެ ޢަސުރުނަމާދަށް ފަހުގައި، ބަންޑާރަ މިސްކިތުގައި ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިޔާ ރިޟުވާނު ވަގަށް ނަގައި، ކަރުބުރިކޮށްލައިގެން މަރާލައި ހަށިގަނޑު ކަނޑުފެއްތީކަމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަޙްޤީޤަށްފަހު އެކޮމިޝަނުން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް 10 އަހަރުވީ އެޤަޠުލަށް އިންސާފު ނުލިބި، ރިޟުވާނުގެ ބައްޕަ މިއަދު ވަނީ ދުނިޔެެއާ ވަކިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.