Advertisement

ރެސްޓޯރެންޓެއްގެ ޑިޝްއެއް ---

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު އިތުރުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މޯލްޑވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، އެ އޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އަލަށް ލައިސަަންސް ހޯދުމަށް އެދި ހުށައަޅާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތަށް އެދި ހުށައަޅަންވާނީ، "ވަންގަވް" ޕޯޓަލްގެ ތެރެއިން ކަމަށްވެސް އެއޮތޯރިޓީން ބުނެފައިވެއެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި، ބޯފެން އުފައްދާ ކާރުޚާނާތައް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރުން ކުރިއަށް ގެންދާނީ އެ އޮތޯރިޓީން ޤާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމުގައިވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2024)ގެ ދަށުން، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ"އަށް ލިބިގެން ދިޔަ އައު ބާރު ތަކާއިއެކު  އެޤާނޫނުގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުން އެއިދާރާ ރައީސުލްޖުމްހޫރިއްޔާ އަލުން ޤާއިމްކުރެއްވީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.