ޚަބަރު
22 Aug 2024
ޚަބަރު
ކާރިސާތަކުގެ ވަގުތުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި އެންޑިއެމްއޭއާއި ސްޓެލްކޯއިން ސޮއިކޮށްފި
ސްޓެލްކޯއިން ހާމަކުރައްވާފައިވާ ގޮތުގައި މިފަހުމް ނާމާގެ ދަށުން، ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކޮށް، ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލި ޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި (ކްރައިސިސްގެ ވަގުތުގައި) ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ ކަމުގައި އެކުންފުނިން ހާމަކުރައްވާފައިވެއެވެ.
22 Aug 2024
ޚަބަރު
ތިލަފުށި އަލިފާނުގެ ހާދިސާ: އަލިފާން ނިވާލެވުނީ 2 ގަޑިއިރު ފަހުން
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ގުދަނުގައި ރޯވި އަލިފާން ނިވާލެވުނީ، އަލިފާނުގެ ހާދިސާ އެމްއެންޑީފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއަށް ރިޕޯޓްކުރިތާ 2 ގަޑިއިރާއި 28 މިނިޓް ފަހުންނެވެ. އަލިފާން ނިވާލެވުނު އިރު، ފަސް ތަނެއް މުޅިން އަނދައިގެން ގޮސް މާލީ ގޮތުން ވިޔަފާރިތަކަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ވަނީ ލިބިފައެވެ.
22 Aug 2024
ޚަބަރު
ބުޅާ މަހުން ޢަރަފާތު ކާބޯތަކެތި ހެދިކަމުގެ ހެއްކެއް ނެތް: ހެލްތު މިނިސްޓަރ
އެނގިފައިވާ ގޮތުގައި ހުއްދަ ނުނަގައި އަދި ޤަވާއިދާއި ޚިލާފަށް، ސާފުތާހިރުކަން ކުޑަ ބަދިގެއެއް ހިންގި، ޢަރަފާތު ބުޅާމަހުން ކާބޯތަކެތި ހަދައިގެން ވިއްކިކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ބޭނުން ކުރި ބަދިގެއާއި ތަކެތި ބަލައި ސާމްޕަލް ނަގައިގެން ވަނީ ތަޙްލީލުތައް ކޮށްފައެވެ. އަދި އެތަޙްލީލު ތަކުން މިހާތަނަށް، އޭނާ ބުޅާ މަސް ކާބޯތަކެތި ހެދުމަށް ބޭނުން ކުރިކަން އެނގިފައެއް ނުވެއެވެ.
22 Aug 2024
ޚަބަރު
އަޅާ ހެދުމަށް ބަލައިގެން ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ނުވާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާފައިވާ، އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
22 Aug 2024
ދުނިޔެ
އިންޑިއާގެ ބޭސް އުފައްދާ ފެކްޓްރީއެއް ގޮވައި، ގިނަ ބަޔަކު މަރުވެއްޖެ
އިންޑިއާގެ އަނަކަޕައްލި ކިޔާ ސަރަހައްދެއްގައި ހުންނަ އެސިއެންޝިއާ އެޑްވާންސްޑް ސައިންސަސް އަކީ 40 އޭކަރުގެ ބިމެއްގައި ހިންގަމުންދާ ފެކްޓަރީއެކެވެ. ބުދަ ދުވަހު ހިނގާފައިވާ މި ހާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 40 އަށް އަރާކަމަށް އެ ސަރަހައްދުގެ ޕޮލިސް ސްޕްރިންޓެންޑެންޓު، ދީޕިކާ ވަނީ ހާމަކޮށްފައެވެ.
22 Aug 2024
ޚަބަރު
ތިލަފުށީ އަލިފާނުގެ ހާދިސާ: ދިވެއްސަކަށް އަނިޔާވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، އޭނާ ކޮންމެވެސް ވަރަކަށް ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން ލޯންޗެއްގައި ތިލަފުށިން މާލެއަށް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
22 Aug 2024
ޚަބަރު
ތިލަފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް: ފަސް ގުދަނެއް އަނދައިފި
އަލިފާންގަނޑު ރޯވެ އަނދަމުންދާތާ ގާތްގަނޑަކަށް ގަޑިއެއްގެ އިރުވެފައި ވާއިރު، ތިލަފުށީގައި ޖެހިޖެހިގެން ހުރި ފަސް ގުދަނެއްގައި ރޯވެ ދަނީ އަނދަމުންނެވެ.
22 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފު ވެހިކަލްތައް ބާއްވަން ކަނޑައެޅި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފި
އެބިމަކީ ހުޅުމާލެ ފޭސް 2 ގައި، އަލަށް އަޅަމަުން އަންނަ ފްލެޓްތައް ކައިރީގައި އޮތް 40،000 އަކަފޫޓުގެ ބިމެކެވެ. މިބިމުގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުގެ 200 ވަރަކަށް އުޅަނދު ޕާކުކޮށްފައި ބޭއްވޭނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
21 Aug 2024
ޚަބަރު
ބޭނުން ކުރެވޭ ރިޒާވް ހުސްވެއްޖެ ކަމަށް ފަތުރާ ޚަބަރު އެމްއެމްއޭއިން ދޮގުކޮށްފި
އެމްއެމްއޭއިން މިރޭ އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން 'އަދަދު' ނޫހުގައި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ.
21 Aug 2024
ޚަބަރު
ރެޑްވޭވް ފިހާރައިން 200ރ ގެ ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށް ލައިފި
އިއްޔެ ކްރިމިނަލް ކޯޓުން މިޙުކުމް އިއްވާފައި ވަނީ، ޏ. ފުވައްމުލަކު، ހޯދަނޑު އަވަށު، ދުންނިކަގޭ މުހައްމަދު ޙަނީޝް ޙަފީޡުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ، އޭނާ ރެޑްވޭވް ފިހާރައިން ވައްކަން ކުުރިތާ ދޮޅު އަހަރު ފަހުން ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގައެވެ. އޭނާ އެވައްކަން ކުރި ކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވަނީ 10 މާރިޗު 2022 ގައެވެ.
21 Aug 2024
ޚަބަރު
އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރަން ނިންމި ފަހުންވެސް 200 އެއްހައި އިޒްރޭލު މީހުން ރާއްޖެ އަތުވެއްޖެ
ރާއްޖޭން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ސަރުކާރުން އިއުލާނު ކުރީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެދުވަހު އެކަނިވެސް އިޒްރޭލުގެ 8 މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އެތެރެވިއެވެ.
21 Aug 2024
ދުނިޔެ
ރޭޕް މައްސަލައާ ގުޅިގެން ޓާސްކު ފޯހެއް އުފެއްދުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި
ޓްރެއިނީ ޑޮކްޓަރެއް ރޭޕް ކުރުމަށްފަހު މަރުލުމާ ގުޅިގެން، އިންޑިއާގެ ސިއްހީ ހިދުމަތްތެރީން ފަށާފައިވާ އިހުތިޖާޖުތައް ހުއްޓާލުމަށް ގޮވާލައި، ޑޮކްޓަރުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފެށުމަށް ގައުމީ ޓާސްކް ފޯހެއް އުފެއްދުމަށް އެ ގައުމުގެ ސްޕްރީން ކޯޓުން އަމުރުކޮށްފިއެވެ. ސްޕްރީމް ކޯޓުން ޑޮކްޓަރުންގެ އަރިހުން އެދުނީ، އިހުތިޖާޖު ހުއްޓާލުމަށްފަހު މަސައްކަތަށް އެނބުރި ރުޖޫއަ ވުމަށެވެ.
21 Aug 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާ ދިން މީހުންނަށް ދަޢުވާކުރަން ފޮނުވައި ވަނަވަރު އާއްމުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ މިމަހުގެ 18ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަން ހާމަކޮށް އެމީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
21 Aug 2024
ޚަބަރު
އެއާ އެމްބިއުލޭންސްއަށް ހެދި ފްލައިޓްގެ ދަވާދު ބަދަލުކޮށް އާއްމު ދަތުރުތަކުގައި ބޭނުން ކުރަން ފަށައިފި
އެނގިފައިވާ ގޮތުގައި އެ ސީޕްލޭން އެއާ ސީޕްލޭން އެމްބިއުލާންސެއްގެ ގޮތުގައި ޚާއްޞަކޮށްފައި އޮތް އޮތުން ބަދަލުކޮށް، އޭގެ ދަވާދާއި ކުލަ ބަދަލުކޮށް އަލުން މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުން ކުރަން ފަށާފައި ވަނީ މީގެ ދެހަފްތާ ކުރިން ފެށިގެންނެވެ. މިއަދުވެސް އެބޯޓުގައި ބ އަތޮޅުގެ ބައެއް ރިޒޯޓުތަކަށް ވަނީ، ފަތުރުވެރިން އުފުލާފައެވެ.
21 Aug 2024
ޚަބަރު
ބުޅާމަހުން ކާބޯތަކެތި ހެދިކަމަށް ބެލެވުނު އަރަފާތުގެ ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ލިސްޓެއް!
ހަދާފައިވާ ފޭކް ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ޙިއްޞާކުރައްވައި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވެސް ވަނީ އެއީ އިމިގްރޭޝަންގެ ޕޯސްޓެއް ނޫންކަމުގައި ކަށަވަރުކޮށްދެއްވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ޞައްޙަ ފޮޓޯއެއް ނޫން ކަމަށާއި އެ ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
21 Aug 2024
ޚަބަރު
ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން އިބްރާއާއެކު މަޝްވަރާކުރައްވައިފި
އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުޙައްމަދު ހާޝިމާއި، މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވި ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި، އިބްރާހީމް އިސްމާޢީލަކީ ލާމަރުކަޒީ ނިޒާމު އެކަށައެޅުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ލާމަރުކަޒީ ޤާނޫނަށް މުހިއްމު ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.