Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބިދޭސީން ލައްވައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުވާ ފަރާތްތައް 50000ރ އިން މިއަދުން ފެށިގެން ޖޫރިމަނާ ކުރަނީ

ބިދޭސީންލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހިންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެޅެން އޮންނަ ފިޔަވަޅު މިއަދުންފެށިގެން އަޅަމުންގެންދާނެ ކަމުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ބިދޭސީން ލައްވައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރުވާ ދިވެހިން 50000ރ އާއި ހަމައަށް ޖޫރިމަނާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު، އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ލިބޭ ކަމަށާއި އެ ފިޔަވަޅު މިއަދުންފެށިގެން އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ބިދޭސީން ލައްވައި ޤާނޫނާއި ޚިލާފު ޢަމަލުތައް ކުރުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަމަށްވެސް ފިޔަވަޅު ނާޅައި ދޫނުކުރައްވާނެ ކަމަށެވެ. 

މިނިސްޓަރ އިހްސާން ވަނީ، ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެންނަން ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާޙްތަކުގެ ތެރޭގައިވެސް ބިދޭސީންނާއި މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތައް، އިހުމާލުވާ ކޮންމެ މީހަކަށް 50000ރގެ ރޭޓުން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިސްލާޙްތައް މަޖިލީހުން އަދި ފާހެއް ނުވެއެވެ.

"އަޅުގަނޑުމެން މިހާރު ހަދާ ދިރާސާތަކުން އެބަ ފާހަގަވޭ، ބިދޭސީން ރާއްޖެ ގެނެސް މަސައްކަތް ކުރުވާފައިވާ ފަރާތްތަކުން ޤަވާއިދުން ސަރުކާރަށް ފީ ނުދައްކައި، ގިނަ އަދަދެއްގެ މީހުން ވަނީ ފިލާފައި ކަމަށް ރިޕޯޓްކޮށް ގިނަ އަދަދެއްގެ މީހުން ތިމަންނަމެންނަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނަމުންދާ މައްސަަލަތައް. މިއިން ކޮންމެ ކުންފުންޏެއް އަޅުގަނޑުމެން ތަޙްޤީޤު ކުރާނަން." 

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

މިނިސްޓަރ އިހްސާން ވިދާޅުވީ، މިހާރު ސިސްޓަމްގެ ތެރެއިން އެމީހުންނަކީ ކޮބައިކަން އައިޑެންޓިފައިކޮށް، އެކުންފުނިތަކަށް ޚިދުމަތްވެސް ނުދީ ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މި މަހުގެ ބިދޭސީންނާއި ގުޅޭ ފީތައް ދައުލަތަށް ނުދައްކާ ކުންފުނިތަކަށް މިމަހުގެ 30 ވަނަ ދުވަހުންފެށިގެން އެކްސްޕެޓް ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލާނެ ކަމުގައި މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.