Advertisement

އެމްއެމްއޭ --

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބޭނުން ކުރެވޭ ރިޒާވް ހުސްވެއްޖެ ކަމަށް ފަތުރާ ޚަބަރު އެމްއެމްއޭއިން ދޮގުކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގައި ހުރި، ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް މުޅިން ހުސްވެެއްޖެކަމުގައި މީޑިއާގައި ފަތުރަމުންދާ ޚަބަރު އެމްއެމްއޭއިން ދޮގުކޮށްފިއެވެ.

އެމްއެމްއޭއިން މިރޭ އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން 'އަދަދު' ނޫހުގައި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. 

އެމްއެމްއޭއިން ވަނީ، ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުން ކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް އެމްއެމްއޭގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަޤީޤަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއްކަމުގައިވެސް އެމްއެމްއޭއިން މިރޭ ނެރުނު ކުރު ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.