Advertisement

އެން.ޑީ.އެމް.އޭ އާއި ސްޓެލްކޯއިން ފަހުމުނާމާގައި ސޮއެކުރުން --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކާރިސާތަކުގެ ވަގުތުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި އެންޑިއެމްއޭއާއި ސްޓެލްކޯއިން ސޮއިކޮށްފި

ކާރިސާތަކުގެ ވަގުތުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި އެންޑިއެމްއޭއާއި ސްޓެލްކޯއިން ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި އެންޑީއެމްއޭއިން ސޮއެކޮށްފައި ވަނީ، އިއްޔެއެވެ. ސްޓެލްކޯގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއެވެ.

ސްޓެލްކޯއިން ހާމަކުރައްވާފައިވާ ގޮތުގައި މިފަހުމް ނާމާގެ ދަށުން، ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކޮށް، ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލި ޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި (ކްރައިސިސްގެ ވަގުތުގައި) ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ ކަމުގައި އެކުންފުނިން ހާމަކުރައްވާފައިވެއެވެ.

އެން.ޑީ.އެމް.އޭ އާއި ސްޓެލްކޯއިން ފަހުމުނާމާގައި ސޮއެކުރުން --

މީގެ އިތުރުން ސްޓެލްކޯގައި އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރުމަށް، ހީރާސްތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކްއެއް އެކުލަވާލެވޭނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް އެކުލަވާލައި، އެ މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމާއި، އެކްސަރސައިޒްތައް ހިންގުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިނުންވެސް އެ ފަހުމު ނާމާގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމުގައިވެސް ސްޓެލްކޯއިން ހާމަކުރައްވާފައި ވެއެވެ. އަދި ކުއްލިޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރުންވެސް މިއެއްބަސްވުމުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ސްޓެލްކޯއަކީ، މާލެ ސަރަހައްދުގެ ކަރަންޓް ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މާލެ ސަރަހައްދާއި މުޅި ރާއްޖޭގެ އިޤުތިޞާދީ ހަރަކާތްތަކާއި އުފެއްްދުންތެރިކަމާއި އެނޫންވެސް ޚިދުމަތްތައް ބިނާވެފައި ވަނީ، ސްޓެލްކޯއިން އުފައްދައި ފޯރުކޮށްދޭ ހަކަތައަށެވެ.

ސްޓެލްކޯ ފިޔަވައި މާލެ ސަރަހައްދުގައި ޔުޓިލިޓީ ޚިދުމަތްދޭ އަނެއް ކުންފުނި އެމްޑަބުލިޔުއެސްސީގެ ފެންޕްލާންޓްގެ ޕެނަލް ބޯޑުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން މުޅިމާލެއިން ފެންކެނޑި، ހަފްތާއެއްހައި ދުވަހު މާލެ ސަރަހައްދުގައި ދިރިއުޅޭ ދޮޅުލައްކައެއްހައި ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ތަކްލީފްތައް އުފުލަން ޖެހުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.