ޚަބަރު
18 Aug 2024
ޚަބަރު
ކެންސަރުގެ ގިނަ ފަރުވާތަކެއް މިހާރު ރާއްޖެއިން ދެވޭ: ޑރ. ޝިފާން
ކެންސަރު ބަލީގެ ގިނަ ފަރުވާތަކެއް މިހާރު ރާއްޖެއިން ދެވޭކަމަށް، ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ ޑޮކްޓަރ މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ. ޝިފާން މިހެން ވިދާޅުވީ، "ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Aug 2024
ޚަބަރު
ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ވޭމަންޑޫ ޕޮލިސް ސްޓޭޝަން ދޮށުގައި، އެއްވި ޒުވާނުންތަކެއް ވަނީ، މީހަކު ހައްޔަރު ކުރުމުގައި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެމީހާގެ ގައިގައި ފުލުހުން ތަޅައިގަތްކަމަށް ބުނެ އަޑު އުފުލާފައެވެ. މިގޮތުން ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާކަމަށް ބުނެ ވަކި ފުލުހަކަށް އެމީހުން ތުހުމަތުތައްވެސް ކޮށްފައިވެއެވެ.
18 Aug 2024
ޚަބަރު
ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުންގެ މަޖިލިސް ތަކުގެ ސެމިނަރއަކަށް މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި
މިސެމިނާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންނެވީ ރޭގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު، ޢަބްދުއްރަޙީމް ރަސްމީ ހައިސިއްޔަތުން މިފަދަ ސެމިނަރއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
18 Aug 2024
ޚަބަރު
ހުޅުމާލޭ ގެއަކަށް ވަދެ ބިދޭސީ އަންހެނެއްގެ އަތުން ފައިސާ ފޭރުނު މީހާ ހައްޔަރުކޮށްފި
ފުުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގދ. ތިނަދޫ ސްކޭނަރ، އަލީ ޝައްމާހު ވަހީދު (29އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
17 Aug 2024
ޚަބަރު
ގެއަކަށް ވަދެ ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެފަދަ މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެންމީހާ އަކީ ސްޕާއެއްގައި މަސައްކަތް ކުރާ އަންހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
17 Aug 2024
ދުނިޔެ
އިޒްރޭލުން ލުބުނާނަށް ދިން ހަމަލާއެއްގައި 9 މީހުން މަރުވެއްޖެ
ލުބުނާނުގެ ދެކުނުގައި އޮންނަ ނަބަޓިއޭ ކިޔާ ހިސާބަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި އޭނާގެ ކުޑަ ދެ ދަރިން ވެސް ހިމެނެއެވެ. މި ހަމަލާގައި 5 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ދެމީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވެއެވެ.
17 Aug 2024
ޚަބަރު
މަސްތުވުމުގެ ތުހުމަތު ކުރެވުނީ ދިވެހި އަންހެން ނަރުހަކަށް، މިހާރު ހުރީ މަޤާމް ދަށްކޮށް ސަސްޕެންޑްކޮށްފައި: އައިޖީއެމްއެޗް
އައިޖީއެމްއެޗުން ވިދާޅުވީ، މަސްތުވުމުގެ ތުހުމަތު ކުރެވި، ހޮސްޕިޓަލުން ފިޔަވަޅު އަޅާފައިވަނީ، އަންހެން ދިވެހި ނަރުހަކަށް ކަމަށެވެ. އޭނާއަކީ، ކުރިން ވޯޑް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި ނަރުހެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު، އޭނާގެ މަޤާމު ދަށްކޮށް، ވާޑު އިންޗާޖު ކަމުގެ ވަޒީފާގެ މަސްއޫލިއްޔަތު އޭނާގެ ކިބައިން މީގެ ދެ މަސްދުވަސް ކުރިން ނަގާފައި ވާކަމަށެވެ.
17 Aug 2024
ޚަބަރު
އޯކޭ ޒާހިރަކީ، އިޞްލާޙީ މަސައްކަތުގައި ގިނަ ޤުރުބާނީތަކެއް ވެވަޑައިގެން ބޭފުޅެއް: ރައީސް ޞާލިޙް
ސްރީ ލަންކާގައި ދިރިއުޅުއްވަމުންގެންދެވި ޒާހިރު ނިޔާވީ، ރޭ ފަތިހު 4:30 ހާއިރު ކޮލަމްބޯގައި ހުންނަ އާސިރީ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 76 އަހަރެވެ. ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު، ސްރީލަންކާގެ ޖާވަތާ ޖުންމަ މަސްޖިދުގައެވެ.
17 Aug 2024
ޚަބަރު
އޯކޭ ޒާހިރުގެ އާއިލާއަށް ރައީސާއި ނައިބު ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ސްރީ ލަންކާގައި ދިރިއުޅުއްވަމުންގެންދެވި ޒާހިރު ނިޔާވީ، ރޭ ފަތިހު 4:30 ހާއިރު ކޮލަމްބޯގައި ހުންނަ އާސިރީ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 76 އަހަރެވެ.
17 Aug 2024
ދުނިޔެ
ގައްޒާގެ 10 މަހުގެ ކުއްޖެއްގެ ގައިން ޕޯލިއޯ ފެނިއްޖެ
އިޒްރޭލާއި ހަމާސްގެ ހަނގުރާމައާ ގުޅިގެން ކުޑަކުދިންނަށް ވެކްސިންޖެހޭނެ ހާލަތެއް ނެތިގެން އެކަން ހުއްޓާލާފައި ވަނިކޮށް، ގައްޒާގެ 10 މަހުގެ ކުއްޖެއްގެ ގައިން ޕޯލިއޯ ފެނިއްޖެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މި ކޭސް ފެނިފައިވަނީ ޑެއާ އަލް-ބަލާހް ސިޓީއިންނެވެ.
17 Aug 2024
ޚަބަރު
އައިޖީއެމްއެޗްގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެެމައްސަލަ ބަލައިދިނުމަށް އެދި ހުށައަޅާފައި ވަނީ މީގެ 2 ހަފްތާއެއްހައި ދުވަސްކުރިން ކަމަށެވެ. އެމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
17 Aug 2024
ޚަބަރު
ބަނގުރާ ކައްކައި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފި
ފުުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްދުންމަތީގަން ތުނޑީ އަވަށު، ވިލާ ގޭގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރަމުން ގެންދާކަމުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައި ވާކަމަށެވެ.
17 Aug 2024
ޚަބަރު
ލޭނު އެޅުމުގެ މަސްވެރިކަމާއި ދެކޮޅަށް ރައީސް ނަޝީދުވެސް ވާހަކަފުޅު ދައްކަވައިފި
ލޭނުގެ މަސްވެރިކަން ކުރުމަށް، ހުއްދަ ދިނުމަށް ކުރަމުންދާ މަސައްކަތްތާއި ދެކޮޅަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގެއްލުން ލިބޭނެ ކަމަށެވެ. މިގޮތުން ލޭނުގައި އެންމަޑި އާއި ކޯމަހާއި މިޔަރު ފަދަ ނާޒުކު ހާލަތުގައި ވާ ދިރުންތައް ޖެހޭނެކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
16 Aug 2024
ޚަބަރު
ކަންމަތި ތަކުގައި ޕާކުކުރާ ވެހިކަލްތައް ވަގުތުން ޓޯކުރަނީ
މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނޭހެން، ޕޭވްމަންޓުތައް ބްލޮކްވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ފުލުހުންނާ ގުޅިގެން ވަގުތުން ޓޯވ ކުރުމަށް ވިސްނަމުން އަންނަ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އަދި އެ ކައުންސިލުން ވިސްނަނީ ކަން މަތި ތަކުގައި ރަތް ރޮނގު ދެމުމަށް ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
16 Aug 2024
ދުނިޔެ
އިޒްރޭލުން މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 40،000 މީހުން ޝަހީދުކޮށްލައިފި
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަކަށްފަހު، އިޒްރޭލުން އަނިޔާވެރިކަމާއެކު ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާމުގައި މިހާތަނަށް މަދުވެގެން 40،000 މީހުން ޝަހީދުކޮށްލާފައިވާކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
15 Aug 2024
ދުނިޔެ
ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް 39 ކެނޑިޑޭޓުން ހުށަހަޅައިފި
ސެޕްޓެމްބަރު 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، 39 ކެނޑިޑޭޓަކު ކެންޑިޑެންސީ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފިއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި މިހާރުގެ ރައީސް، ރަނިލް ވިކްރަމަސިންގެ ވެސް ހިމެނެއެވެ.