Advertisement

15 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް 39 ކެނޑިޑޭޓުން ހުށަހަޅައިފި

ސެޕްޓެމްބަރު 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، 39 ކެނޑިޑޭޓަކު ކެންޑިޑެންސީ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފިއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި މިހާރުގެ ރައީސް، ރަނިލް ވިކްރަމަސިންގެ ވެސް ހިމެނެއެވެ.

2019 ވަނަ އަހަރު ސްރީލަންކާގައި އޮތް ރިޔާސީ އިންތިހާބުގައި 35 ކެނޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އަދި މިފަހަރުގެ އިންތިހާބަކީ އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބަށް ވެގެންދާނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށްފަހު މިހާރުގެ ރައީސް، ރަނިލް ވިދާޅުވީ، އެބޭފުޅާ މި އިންތިހާބުގައި ވާދަކުރައްވަނީ ފަށާފައިވާ މަސައްކަތް ފުރިހަމަ ކުރެއްވުމަށެވެ. އަދި އިގްތިޞާދު ސްޓޭބަލައިޒް ކުރުމަކީ އެބޭފުޅާގެ އެންމެ މުހިންމު އަމާޒުކަމުގައި ވިދާޅުވިއެވެ.

ސްރީލަންކާގެ އިގްތިޞާދު އޮތީ އަދިވެސް ނުރައްކާތެރި ފައްތަރެއްގައެވެ. އަދާނުކުރެވޭނެހާ ބޮޑު ދަރަންޏާއި، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އުނދަގޫ ދުވަސްތަކާއި އަދި ތެލާއި، ކާބޯތަކެއްޗާއި، ބޭސް ލިބުން ދަތިވުމާއި ގުޅިގެން 2022 ގައި ފެށި މުޒާހަރާތަކާއެކު، އޭރު ރައީސަކަށް ހުންނެވި ގޮޓަބާޔާ ރަޖަޕަކްޝާ ވަނީ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ.

އޭގެ ފަހުން ރަނިލް ވެރިކަމަށް ވަޑައިގެން، ގައުމުގެ އިގްތިޞާދު ހަމަޔަކަށް އެޅުވުމަށް އަންނަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މީގެ ދެ އަހަރުކުރިން %70 ގައި ހުރި އިންފްލޭޝަން މިހާރު ވަނީ %5 އަށް ދަށްވެފައެވެ. އަދި ފައިސާގެ އަގު ރަގަޅުވެ، ގައުމުގެ ރިޒާވް ވަނީ ބޮޑުކުރެވިފައެވެ.

މީގެ އިތުރުން، އިންޑިއާ، ޖަޕާން އަދި ފަރަންސޭސިވިލާތުން ނަގާފައިވާ ލޯނުތައް ދިގުދައްމާލުމަށް އެ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.