ޚަބަރު
ޚަބަރު
15 Aug 2024
ޚަބަރު
އިންޑިއާ އާއި އެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިންޑިއާގެ ރައީސާ އަށާއި ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ، ވަކިވަކިން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ރައީސް ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
15 Aug 2024
ޚަބަރު
މަންކީ ޕޮކްސް ފެތުރުން ހަލުވިވެ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އާއްމު ޞިއްޙަތުގެ ކުއްލިނުރައްކާ ޢިއުލާނުކޮށްފި
މިހާތަނަށް މިބަލި ޖެހުނު މީހުން %96 މީހުންނަކީވެސް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މީހުންނެވެ. އޭގެ ތެރެއިންވެސް %60 އިން ސައްތައަކީ، އުމުރުން 18 އަހަރުން ދަށުގެ ފުރާވަރު ކުދިންނެވެ.
14 Aug 2024
ޚަބަރު
ޕީޖީ ޝަމީމަށް ޖަވާބުދާރީވާން ނޯޓިސް ފޮނުވައިފި
ޕީޖީ ހުސައިން ޝަމީމަށް މިހާރު ނޯޓިސް ފޮނުއްވާފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ، ނޫން.އެމްވީއަށް މައުލޫމާތު ދެއްވާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން އެމަނިކުފާނު އެކޮމިޓީއަށް ހާޒިރުކުރުމަށް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
14 Aug 2024
ޚަބަރު
ބޯކޮށްވާރޭ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އަދި ވާރޭވެހި އުފެދޭ ފެންގަނޑުތަކުގެ ތެރެއަށް އެރި ނޫޅުމަށާއި، ކުޑަކުދިންވެސް އެފަދަ ފެންގަނޑުތަކުގެ ތެރެއަށް އެރި ކުޅެ ހެދުމަށް ދޫކޮށް ނުލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ފެންގަނޑުތަކަށް އެރެން ޖެހޭ ހާލަތުގައި ހަށިގަނޑުގައި ފެން ނުޖެހޭނެ ފަދަ ކޯޓާއި، ރަބަރު އަންގިއާއި ބޫޓާއި އެނޫންވެސް އެފަދަ ތަކެތި ބޭނުން ކުރުމަށް އިލްތިމާސްކުރައްވާފައިއެވެ.
14 Aug 2024
ޚަބަރު
ކެންސަރު ބަލި ޖައްސާ އެންމެ ނުރައްކާތެރި މާއްދާ އެކުލެވެނީ ފޯކުގައި: ޑރ. ޝިފާން
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އާދަވެ ދުފުމަށް ބޭނުންކުރާ ފޯކުގެ ދިޔައިގައި ހުންނަ އެއް މާއްދާއަކީ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކެންސަރުޖެހޭ މާއްދާތައް ކަނޑައަޅާފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮންނަ މާއްދާއެއް ކަމަށް، ކެންސަރު ބައްޔަށް ހާއްސަ ޑޮކްޓަރ މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ. ޝިފާން މިހެން ވިދާޅުވީ، "ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
14 Aug 2024
ދުނިޔެ
އެމްޕޮކްސްގެ ސަބަބުން އެފްރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފި
ނުރައްކާތެރި އެމްޕޮކްސް ފެތުރޭ މިންވަރު އިތުރުވާތީ އެފްރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްހީ ކަންތައްތައް ދިރާސާ ކުރާ، އެފްރިކާ ސެންޓަރސް ފޯރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނީ، ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރީ، ބަލި ފެތުރެމުންދާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
14 Aug 2024
ދުނިޔެ
ބައްޕަ ގެއަށް އައިއިރު ތުއްތު ދެ ކުދިން ޝަހީދުކޮށްލައިފި
ފަލަސްތީނުގެ ބައްޕައަކު، އޭނާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ގޮސް، އެ ތަކެތި ހިފައިގެން އައި އިރު، އެ ދެކުދިންނާއެކު، އެކުދިންގެ މަންމަ އާއި މާމަ ވެސް އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލައިފިއެވެ. މުހައްމަދު އަބޫ އަލް-ޤުމްސަންގެ މުޅި އާއިލާ ޝަހީދުކޮށްލީ އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދަށް އިޒްރޭލުން ދިން ރޮކެޓު ހަމަލާއެއްގައެވެ.
14 Aug 2024
ދުނިޔެ
އެމެރިކާއިން އިތުރު ވިހި ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޮނުވަން ނިންމައިފި
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން މި ނިންމުން ނިންމެވީ އަންގާރަ ދުވަހުއެވެ. އަދި އެމެރިކާއިން އިޒްރޭލަށް ފޮނުވުމަށް އެއްބަސްވެފައިވާ ހަތިޔާރުތަކުގެ ތެރޭގައި، ފައިޓަރ ޖެޓާއި މިސައިލް ވެސް ހިމެނޭކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ހާމަކޮށްފައެވެ.
14 Aug 2024
ޚަބަރު
ބީއެމްއެލްގެ ހިދުމަތްތައް މިއަދު ވެސް ލިބޭނެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ހޯދުމުގައި އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ބޭންކުން ބުނެފިއެވެ.
13 Aug 2024
ޚަބަރު
ބުދަ ދުވަހު ސަރުކާރު ބަންދު ވިޔަސް، ޕާސްޕޯޓު ހިދުމަތް މެދުނުކެނޑޭނެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، 14 އޯގަސްޓު ވާ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފައިވީ ނަމަވެސް، ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
13 Aug 2024
ޚަބަރު
ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
މިކަން އިއުލާން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށެވެ.
13 Aug 2024
ޚަބަރު
ރާއްޖެއިން ފުރާއިރު އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފި
ރާއްޖެއިން ފުރާ އެއްވެސް ދަތުރުވެރިއަކު ޓްރެވަލަރ ޑެކްލަރޭޝަން ފޯމު (އިމުގާ ފޯމު) ފުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މި ނިންމުން ތަންފީޒު ކުރަން ފަށާނެއެވެ.
13 Aug 2024
ޚަބަރު
ޕީޖީ ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހުން ދިރާސާ ކުރަނީ
ފްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު އެޖެންޑާ ކުރުމަށްފަހު، އެ ބޭފުޅާ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ފާސްކޮށްފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
13 Aug 2024
ޚަބަރު
މާލޭގައި ފެންބޮޑުވުން ހައްލުވާނީ މަގުތައް ހެދިގެން: ރައީސުލްޖުމްހޫރިއްޔާ
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއުގެ ބޭނުމަކީ ވެސް، މަގުތަކުގައި ފެން ބޮޑުވުން ހައްލު ކުރުމެވެ. އަދި މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މާލޭގެ އިތުރުން ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ، މި އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.
13 Aug 2024
ޚަބަރު
ފެން ހިނދެންދެން ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އެދިއްޖެ
މާލެއަށް ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން، މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ފެން ވަނުމުގް ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދެންދެން ބަރު ވެހިކަލް މާލޭގައި ނުދުއްވުމަށް ފުލުހުން އެދިއްޖެއެވެ.
13 Aug 2024
ޚަބަރު
މަސްތުވާ ތަކެތިގެ މައްސަލައެއްގައި އިނގުރައިދޫއިން ހަތް މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް, ކޯޓު އަމުރެއްގެ ދަށުން ވަނީ އެމީހުން ދިރިއުޅެމުންދިޔަ ތަން ބަލައިފާސްކޮށްފައެވެ. އަދި އެތަނުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 7.38 ގުރާމު ހުރިކަމަށް ހާމަކޮށްފައި ވެއެވެ.