Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމަށް އާދަމް ރަމީޒް އައްޔަނުކުރައްވައި ފަތްކޮޅު ދެއްވި ދުވަހުގެ ފޮޓޯ -- ފޮޓޯ: ރައީސް އޮފީސް

15 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް މަޤާމުން ވަކިކޮށްފި

ސަސްޕެންޑް ކުރިތާ ދޮޅުމަސް ދުވަސްފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒު މަޤާމުން ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ގެ މަޤާމަށް، އާދަމް ރަމީޒް އައްޔަނުކުރައްވާފައި ވަނީ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހުގައި 17 ނޮވެމްބަރު 2023 ގައެވެ. ރައީސް އޮފީހުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން މިނިސްޓަރ ރަމީޒު މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ، މިއަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގައެވެ. އޭގެ ކުރިންވެސް ރައީސް ޑރ. މުއިއްޒާއި އާދަމް ރަމީޒުގެ މެދުގައި މައްސަލަޖެހި ވަނީ ގުޅުން ގޯސްވެފައެވެ.

އާދަމް ރަމީޒާއި ގުޅޭ މައްސަލައެއް ބަލަމުންދާކަން އެނގިފައި ވީނަމަވެސް އެމައްސަލަ އާއި ގުޅޭ ގޮތުން ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި އާދަމް ރަމީޒު މަޤާމުން ވަކިކުރެއްވި ސަބަބެއްވެސް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އެ އޮފީހުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލިސްޓުގެ ތެރެއިން އާދަމް ރަމީޒުގެ ނަމާއި ފޮޓޯ މިހާރު ވަނީ ނަގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.