Advertisement

13 Aug 2024
ޚަބަރު

ރާއްޖެއިން ފުރާއިރު އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފި

ރާއްޖެއިން ފުރާ އެއްވެސް ދަތުރުވެރިއަކު ޓްރެވަލަރ ޑެކްލަރޭޝަން ފޯމު (އިމުގާ ފޯމު) ފުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މި ނިންމުން ތަންފީޒު ކުރަން ފަށާނެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއީ ދަތުރުވެރީންގެ ތަޖުރިބާ ފަސޭހަކޯށްދިނުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

ރާއްޖެއަށް އެތެރެވާ އަދި ރާއްޖެއިން ފުރާ ހުރިހާ ދަތުރުވެރިން އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ފޯމަކަށް މި ފޯމު ހަދާފައިވަނީ، ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވިއިރުއެވެ. އޭރު މި ފޯމުގެ މައިގަނޑު މަގުސަދަކަށްވީ، ދަތުރުވެރީންގެ ސިއްހީ ހާލަރު ދެނެގަތުމެވެ.

ނަމަވެސް އޭގެ ފަހުން ދަތުރު ކުރުމުގައި ލުއި ދިނުމުގެ ގޮތުން، މިއީ ދިވެހިން ފުރަން ނުޖެހޭ ފޯމެއްގެ ގޮތުގައި ކަނޑައެޅިއެވެ. އަދި މިއަދު އިމިގްރޭޝަނުން އާންމު ކުރި ގޮތުން، ދެން މި ފޯމު ހުށަހަޅަންޖެހޭނީ ރާއްޖެއަށް އެތެރެވާއިރު، ހަމައެކަނި ބިދޭސީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.