Advertisement

މަންކީ ޕޮކްސް ޖެހިފައި ހުރި މީހެއް ---

15 Aug 2024
ޚަބަރު

މަންކީ ޕޮކްސް ފެތުރުން ހަލުވިވެ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އާއްމު ޞިއްޙަތުގެ ކުއްލިނުރައްކާ ޢިއުލާނުކޮށްފި

އެފްރިކާގެ ޤައުމެއް ކަމުގައިވާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ފެނިފައިވާ ބަލި، މަންކީ ޕޮކްސްއަކީ، މުޅި ދުނިޔޭގެ ޢާއްމު ޞިއްޙަތަށް ނުރައްކާތެރި، ބައްޔެއް ކަމުގައި ކަނޑައަޅައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯއިން މުޅި ދުނިޔެއަށް ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފިއެވެ.

މަންކީ ޕޮކްސްއަކީ ޢާލަމީ ވަބާއެއްގެ ގޮތުގައި، މުޅި ދުނިޔެއަށް އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނު ކުރީ، ވަރށް ހަލުވިކޮށް ފެތުރޭ އެބަލީގެ ވައިރަހުގެ، އައު ވޭރިއަންޓެއް ފެނުމާއި ގުޅިގެންނެވެ. 

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ފުރަތަމަ ފެނުނު މިބަލީގެ އައު ވޭރިއަންޓްވެސް ފެނުނީ އެޤައުމުން ކަމަށް ވާއިރު، އެފްރިކާ ބައްރުގެ 13 ޤައުމަކުން މިހާރު ވަނީ އެ ވޭރިއަންޓްވެސް ފެނިފައެވެ. އަދި މުޅި އެފްރިކާ ބައްރަށް މިހާރު ވަނީ، ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައެވެ.

ޑަބްލިޔޫ އެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ވަނީ، މިބައްޔަށް ބައިނަލްއަޤުވާމީ ފެންވަރުގައި އިޖާބަ ދިނުމަށް ތައްޔާރުވުމަށްވެސް ގޮވާލައްވާފައެވެ. 

މަންކީ ޕޮކްސް ޖައްސާ އައު ވޭރިއަންޓް އެފްރިކާގެ ޤައުމުތައް ކަމުގައިވާ ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔޫގެންޑާއިން ވަނީ ފެނިފައެވެ. 

އެފްރިކާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް އެފްރިކާ ކޮންޓިނެންޓްގައި 17،000 ގިނަ މީހުން ޕޮޒިޓިވްވެ 517 މީހުން މަރުވި ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 160 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މިހާތަނަށް މިބަލި ޖެހުނު މީހުން %96 މީހުންނަކީވެސް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މީހުންނެވެ. އޭގެ ތެރެއިންވެސް %60 އިން ސައްތައަކީ، އުމުރުން 18 އަހަރުން ދަށުގެ ފުރާވަރު ކުދިންނެވެ.

މަންކީ ޕޮކްސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ، ޖިންސީ ގުޅުންތަކާއި، އަދި ވަރަށް ބޮޑަށް ގައިގޯޅިވެ އުޅުމުން ކަމުގައި ވީނަމަވެސް، އައު ވޭރިއަންޓް ފެތުރޭލެއް މާބޮޑަށް ފަސޭހަ ވެފައި އަވަސްކަމުގައިވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މަންކީ ޕޮކްސްއަކީ، ޗިކަން ޕޮކްސް ޖެހުމުން ފެންނަ ފަދަ ޢަލާމާތްތަކެއް ފެންނަ ބައްޔެކެވެ. މިބަލި އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ، އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި، އޭގެ ތެރެއިން ވެސް ފުރާވަރުގެ ފިރިހެން ކުދިންގެ ތެރޭގައެވެ. 

މަންކީ ޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ، 1970 ވަނަ އަހަރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.