Advertisement

މުހައްމަދު އަބޫ އަލް-ޤުމްސަން

14 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އެއްމާބަނޑު ދެބެއިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހިފައިގެން އައި އިރު އެކުދިން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ބައްޕައަކު، އޭނާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ގޮސް، އެ ތަކެތި ހިފައިގެން އައި އިރު، އެ ދެކުދިންނާއެކު، އެކުދިންގެ މަންމަ އާއި މާމަ ވެސް އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލައިފިއެވެ.

މުހައްމަދު އަބޫ އަލް-ޤުމްސަންގެ މުޅި އާއިލާ ޝަހީދުކޮށްލީ އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދަށް އިޒްރޭލުން ދިން ރޮކެޓު ހަމަލާއެއްގައެވެ.

އަބޫ އަލް-ޤުމްސަން ބުނީ، އެމީހުންގެ ގެދޮރު ގެއްލުމަށްފަހު، އަނބިމީހާ މާބަނޑުވުމުން އެ އާއިލާ ދިރިއުޅެމުން ދިޔައީ ދަޔާ އަލް-ބަލާހްގައި ހުންނަ އެޕާޓްމެންޓެއްގައި ކަމަށެވެ.

އަބޫ އަލް-ޤުމްސަންގެ އަނބިމީހާއަކީ ޑޮކްޓަރެކެވެ. އަދި އެ ދެމީހުންގެ އެއްމާބަނޑު ދެކުދިން ވިހާފައިވަނީ އޮގަސްޓު 10 ވަނަ ދުވަހުއެވެ. އެމީހުނަށް ލިބުނު ދެކުދިންގެ ތެރެއިން އެއް ކުއްޖަކީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ އަސެރުއެވެ. އަދި އަނެއް ކުއްޖަކީ އަންހެން ކުއްޖެކެވެ. އެއީ އައިސެލްއެވެ. މި ދެކުދިން ދުނިޔޭގައި ތިބީ ހަތަރު ދުވަހުއެވެ.

އަސެރު އާއި އައިސެލް

މި ހަމަލާއިން އަބޫ އަލް-ޤުމްސަން ސަލާމަތްވެ އެކަނިވެރިވީ، އެވަގުތު އޭނާ ގޭގައި ނެތުމުންނެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި، އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށިތާ މިހާރު 10 މަސް ދުވަސް ހޭދަވެފައިވާއިރު، މިހާތަނަށް 16،500 އެއްހާ ފަލަސްތީނުގެ ކުޑަ ކުދިން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.