Advertisement

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ކަނބާއައިސާ ރަނި ހިނގުުމުގައި ފެންބޮޑުވެފައި ---

14 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބޯކޮށްވާރޭ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޯކޮށްވާރޭ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވިސާރަައަށް ފަހު ކުރިޔަށް އޮތް ދުވަސްތަކުގައި، ހޮޑުލުމާއި ބޭރަށް ހިންގުމާއި މަދިރީގެ ސަބަބުން ފެތުރޭ، ޒިކާ އާއި ޗިކުންގުންޔާ އާއި ޑެންގީ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތްކަމަށެވެ.

މީގެ އިތުރުންވެސް ބުޅަލުގެ ނަޖިހާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި، ފެންބޮޑުވުމުގެ ސަބަބުން ޖަންކްޝަންތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ވާރޭވެހި އުފެދޭ ފެންގަނޑުތަކުގެ ތެރެއަށް އެރި ނޫޅުމަށާއި، ކުޑަކުދިންވެސް އެފަދަ ފެންގަނޑުތަކުގެ ތެރެއަށް އެރި ކުޅެ ހެދުމަށް ދޫކޮށް ނުލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ފެންގަނޑުތަކަށް އެރެން ޖެހޭ ހާލަތުގައި ހަށިގަނޑުގައި ފެން ނުޖެހޭނެ ފަދަ ކޯޓާއި، ރަބަރު އަންގިއާއި ބޫޓާއި އެނޫންވެސް އެފަދަ ތަކެތި ބޭނުން ކުރުމަށް އިލްތިމާސްކުރައްވާފައިއެވެ.

މާލޭގެ މަގުތައް މަތީގައި ގިނަ އަދަދެއްގެ ބުޅާ ދިރިއުޅޭ އިރު، ބައެއް ސަރަހައްދުތަކުގައި ބުޅާ ނަޖިސް ވަރަށް ގިނައިން ހުންނަ ކަން ފާހަގަކުރެއެވެ. އިއްޔެ ވެހުނު ވާރޭގައި މާލޭފައި ވަރަށް ބޮޑަށް ފެންބޮޑުވެ 200 ވުރެ ގިނަ ގޭގެގެއަށް ފެނުގެ އަސަރު ކުރި އިރު، ނަރުދަމާ ނިޒާމުން ނަޖިސްފެން ލީކުވުމުގެ މައްސަލަތައްވެސް ވަނީ ފާހަގަ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.