ޚަބަރު
10 Aug 2024
ޚަބަރު
އިންޑިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން ހުށައަޅައިފި
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އިންޑިއާއާއެކު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް ހުށައެޅުއްވި ހުށައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހުށައެޅުއްވި ހުށައެޅުއްވުމެއް ކަމަށެވެ. އަދި މިފަދަ ފްރީޓްރޭޑް އެގްރިމެންޓެއް ޤާއިމް ކުރުމުގެ ސަބަބުން އެކަމުގެ ސަބަބުން އިތުރު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވި އިޤުތިޞާދަށް ހެޔޮއަސަރުތައް ކުރާނެ ކަމުގައި މިނިސްޓަރ ޒަމީރު ވަނީ ފާހަގަކުރައްވާފައެވެ.
10 Aug 2024
ދުނިޔެ
ސައޮ ޕައުލޯއަށް މަތިންދާ ބޯޓެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ
މި ބޯޓު ވެއްޓިފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ވިނޭޑޯ ކިޔާ ކުޑަ ރަށެއްގެ މީހުން ދިރިއުޅޭ ޢިމާރާތްތައް ހުންނަ ސަރަޙައްދަކަށެވެ. މިއީ ބްރެޒިލްގެ ޕަރާނާ ސްޓޭޓުގެ ކަސްކަވެލް އިން ފުރައިގެން ސައޮ ޕައުލޯއަށް ދަތުރު ކުރަމުން ދިޔަ، އެ ގައުމުގެ ވިޔޯފާސް އެއާރލައިންގެ މަތިންދާ ބޯޓެކެވެ.
10 Aug 2024
ޚަބަރު
ހުޅުމާލޭގެ ދުވާރުތައް އަދިވެސް ހުހެއް ނުކުރޭ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުން ގެންދާތީ އެކަން މިއަދުގެ ނިޔަލަށް ހުއްޓާލުމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ 1 ވަނަ ދުވަހު އަންގާފައިވީނަމަވެސް، އެ އެންގުމަށް ޖުމްލަ ގޮތެއްގައި އެއްވެސް ތަނަކުން އަދި މިހާތަނަށް ތަބާވެފައެއް ނުވެއެވެ.
10 Aug 2024
ޚަބަރު
ވިނަރެސް ފްލެޓުތަކުގައި އަނެއްކާ ވެސް ސެކިއުރިޓީ ސިސްޓަމް ބޭނުންކުރަން ފަށަނީ
ވިނަރެސް ފްލެޓުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށަން އުޅޭކަމަށް، ހުޅުމާލެ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެގޮތުން، އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 11 އޯގަސްޓު 2024 އިން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
09 Aug 2024
ޚަބަރު
އިންޑިއާގެ އެހީގައި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފޮރިން މިނިސްޓްރީގައި ފާހަގަކޮށްފި
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
09 Aug 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަނިވެސް 345 ސިޔާސީ މުވައްޒަފުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެއޮފީހުގެ ސިޔާސީ މަޤާމުތަކުގެ 345 މުވައްޒަފުން ތިބި އިރު އެމުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތަކަށް އެކަނިވެސް މަހެއްގެ މައްޗަށް 8.2 މިލިޔަން ރުފިޔާ ހޭދަވެއެވެ.
09 Aug 2024
ޚަބަރު
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާނެއެވެ. މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
09 Aug 2024
ޚަބަރު
ކުރިޔަށް ހަފްތާގައި މޫސުމް ގޯސްވާނޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެ
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި، 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ކަފާކުރެވެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
09 Aug 2024
ވިޔަފާރި
މިއީ ޒުވާނުން ނިކުމެ ފަތުރުވެރިކަމަށް އިންވެސްޓުކުރަންވީ ވަގުތު: ފައިސަލް
ޒުވާނުން ނިކުމެ ފަތުރުވެރިކަމަށް އިންވެސްޓުކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމުގައި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ "ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
09 Aug 2024
ޚަބަރު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީ ހަދަން ފަށައިފި
މި ހިދުމަތާއެކު، އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމުންނާއި، އެނޫންވެސް އަނިޔާތަކުގައި ލިބޭ އަނިޔާތަކުގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން ދޭން ފެށުނީއެވެ.
09 Aug 2024
ދުނިޔެ
ޖަޕާނަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ޖަޕާނުގެ ހުޅަނގުދެކުނުގައި އޮންނަ މިޔަޒާކީއަށް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ އެއްގެ އިންޒާރު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ނެރުނު ނަމަވެސް، މިހާރު އެ އިންޒާރު ވަނީ އުވާލާފައެވެ.
08 Aug 2024
ޚަބަރު
ޥައިގެ މަގުން އަތޮޅުތެރެއަށް މަސްތުވާތަކެތި ގެންދަން އުޅުނު އަނެހްނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން ކަމަށެވެ. ހައްޔަރުކުރި މީހަކީ، އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ.
08 Aug 2024
ޚަބަރު
​ސިނަމާލެ ބުރިޖު އަލުން ދިއްލާލައިފި
ބުރިޖު މޮނޮއިމަންޓް އަލުން ދިއްލާލި އިރު މަރާމާތަށްފަހުގައި ބުރިޖު މޮނިއުމަންޓްގެ ކުލައަށްވެސް ބަދަލު ގެނެސްފައިވެއެވެ. މިގޮތުން ބުރިޖު މޮނިއުމެންޓްގައި ކުރިން ހުރި ނޫކުލައިގެ ބަދަލުގައި މިހާރު ލާފައި ހުރީ ވިލުފެހި ކުލައެވެ.
08 Aug 2024
ޚަބަރު
ދެވަނަ ކުއާޓާގައި އާސަންދައިން އެވަރެޖުކޮށް ދުވާލަކު 30 މީހުން ރާއްޖެއިން ބޭރަށް ފޮނުވި
މި ހިނގާ 2024 ވަނަ އަހަރުގެ އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން އެވަރެޖުކޮށް ދުވާލަކަށް 30 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައިވާކަމަށް، އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ދެވަނަ ކުއާޓާގައި ވަނީ ޖުމްލަ 2،807 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެން މަތީ އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައިވަނީ 1،691 މީހުނެވެ. އެއީ އެވަރެޖުކޮށް ދުވާލަކަށް 18 މީހުނެވެ.
08 Aug 2024
ޚަބަރު
ހޯމްލޭންޑު މިނިސްޓްރީގެ ދަށަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ބަދަލުކޮށްފި
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، 2024 އޮގަސްޓު 6ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
08 Aug 2024
ޚަބަރު
ހުޅުމާލެއިން ޗެކްކުރި ބޯކޮށާ ހަ ތަނުގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށްފި
ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ބުދަ ދުވަހު ހިންގި އިންސްޕެކްޝަންގައި ހުޅުމާލޭގެ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށްފިއެވެ.