Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

09 Aug 2024
ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަނިވެސް 345 ސިޔާސީ މުވައްޒަފުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 345 ސިޔާސީ މުވައްޒަފުން ތިބި ކަމުގައި އެ އޮފީހުން ހާމަކޮށްފިއެވެ.

މިފާއިތުވި 9 މަސްދުވަހުގައި ސަރުކާރުން އައީ ސިޔާސީ މަޤާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ ޢަދަދު ހާމަނުކޮށް ހިފަހައްޓަމުންނެވެ. އަދިވެސް މުލި ސަރުކާރުގެ ހުރިހާ ސިޔާސީ މަޤާމުތަކުގެ ޢަދަދަކީ ކޮބައި ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. 

ސިޔާސީ މަޤާމުތަކުގެ ޢަދަދު 700އަށް ވުރެ އިތުރު ނުކުރުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައި ވީނަމަވެސް، މިހާތަނަށް މިސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މީހުންގެ އަދަދު 2000 ވުރެ މަތިކަމުގައި، އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެއޮފީހުގެ ސިޔާސީ މަޤާމުތަކުގެ 345 މުވައްޒަފުން ތިބި އިރު އެމުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތަކަށް އެކަނިވެސް މަހެއްގެ މައްޗަށް 8.2 މިލިޔަން ރުފިޔާ ހޭދަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވަނީ، ސިޔާސީ މަޤާމުތައް މަދުކޮށް، މަތިބަރު ނޫން ސަރުކާރެއް ހިންގެވުމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މީހުންގެ ޖުމުލަ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް އެނގިފައި ނުވާކަމުގައި އެއޮފީހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.