Advertisement

މީހަކު ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކޮށްގެން ތަޅުލާފައިވާ ދޮރެއް މަތާލައިގެން ހުޅުވަނީ -- ފޮޓޯ: އެޗްޑީސީ

10 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ވިނަރެސް ފްލެޓުތަކުގައި އަނެއްކާ ވެސް އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށަނީ

ވިނަރެސް ފްލެޓުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށަން އުޅޭކަމަށް، ހުޅުމާލެ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެގޮތުން، އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 11 އޯގަސްޓު 2024 އިން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓުތަކުގައި ފުރަތަމަ ފަހަރަށް އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، އޭގެ ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެތަނުން އިމާރާތެއްގެ މައިދޮރު ވަނީ މީހަކު ހަލާކުކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިނަރެސް ފްލެޓެއްގެ މައި ދޮރު ހަލާކުކޮށްލީ، އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކުރުމާ ގުޅިގެން، އެ މީހަކަށް ވަދެ ނިކުމެ ހެދުމަށް އުނދަގޫވުމުންނެވެ. ނަމަވެސް ކޮންމެ ފްލެޓަކަށް ސެކިއުރިޓީ އެކްސެސް ސިސްޓަމްގެ 3 ޓެގް ދޫކުރަމުންދާ ކަމުގައި ވެސް އެޗްޑީސީން އޭރު ވަނީ ބުނެފައެވެ.

ދޮރު ހަލާކުކޮށްލުމާ ގުޅިގެން މި ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެހެންކަމުން، އެޗްޑީސީއިން މިދިޔަ ހަފްތާގައި ކުރި އިއުލާނުގައި ބުނީ، އޭރު ދޮރުތަކަށް ލިބުނު ގެއްލުންތައް މިހާރު މަރާމާތުކޮށްފައިވާ ކަމަށާއި، މިހާތަނަށް އެކްސެސް ކޮންޓްރޯލު ދޮރުގެ ކީ-ޓެގު ނުނަންގަވާ ބޭފުޅުން ވީހާ ވެސް އަވަހަކަށް ވިނަރެސް 10 ގެ މެނޭޖުމެންޓު އޮފީހުން އެ ޓެގު ނެންގެވުމަށެވެ

އަދި އެކްސެސް ކޮންޓްރޯލް ބޭނުން ކުރުމަށްފަހު ދެން އެތަކެއްޗަށް ގެއްލުންދީފި ނަމަ، އެ ފަރާތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.