ޚަބަރު
ޚަބަރު
31 Jul 2024
ޚަބަރު
މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި ޑްރައިވަރު ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
31 Jul 2024
ޚަބަރު
ފެންވަރައިގެން ނުކުމެ އަންހެނަކު ކޮޓަރިއެއްގެ ތެރޭގައި ހުއްޓައި ދޮރު ވައްޓާލައި ފުލުހުން ވަދެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއްގެ މައިދޮރާއި އެގޭގެ ދެކޮޓަރީގެ ދޮރު ވައްޓާލައި ފުލުހުން ވަތްކަމަށެވެ. އޭގެ ތެރެއިން އެއްކޮޓަރީގެ ދޮރު ވައްޓާލި އިރު ފެންވަރައިގެން ނުކުތްގޮތަށް އަންހެނަކު ކޮޓަރިތެރޭގައި ހުރިކަމަށެވެ. އަދި ދޮރުވައްޓާލައިގެން ފުލުހުން ވަތް އެކޮޓަރީގައި އަންހެންމީހާ ހުރުމުން، ފުލުން ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުޞަތު ދިންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
31 Jul 2024
ޚަބަރު
ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފި
އިސްމާއީލް ހަނިއްޔާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި، އޭނާގެ ބޮޑީގާޑުވެސް މަރުވެފައިވާ ކަމުގައި، އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވެއެވެ. ހަނިއްޔާ އަވަހާރަކޮށްލުމުގައި އިޒްރޭލުން އަދާކުރި ދައުރަކީ ކޮބައިކަމެއް އެޤައުމުން ހާމަކޮށްފައި ނުވި ނަމަވެސް ހަނިއްޔާ އަވަހާރަކޮށްލުމުގެ އުފާ ޔަހޫދީން ދަނީ ފާޅުކުރަމުންނެވެ.
31 Jul 2024
ޚަބަރު
މަންޑޭއަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިފި
މަކަރާއި ހީލަތުން އެތައް މިލިޔަން ރުފިޔާއެއް އެތައް ބައެއްގެ އަތުން ހޯދުމުގެ ކުށުގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައި ވިދާޅުވެފައި ވެއެވެ. މަންޑޭގެ މައްޗަށް މިހާތަނަށް 100އަށް ވުރެ ގިނަ ދައުވާ އުފުލާފައި ވާއިރު، އެދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޓެކުމުގެ 50 ދައުވާއަކާއި، އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދަޢުވާއަކާއި، ސައްހަ ނޫން ލިޔުމެއް ދޫކުރުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރ ކުރުމުގެ ދައުވާއެކެވެ.
30 Jul 2024
ޚަބަރު
ކައުންސިލްތަކުން ދަނޑުވެރިކަމަށް ބިން ދޫކުރާ ގޮތް އޮޅުން ފިލުއްވުމުގެ މަސައްކަތް ފައްޓަވައިފި
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އިން ވިދާޅުވީ، ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާަސަތު ތަންފީޒުކޮށް، އިގްތިސާދީ މަންފާ އެންމެ ފުރިހަމައަށް ދަނޑުވެރިންނަށް ހޯދައި ދިނުމުގައި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ހާއްސަ ކުރުމަކީ ކޮންމެ ހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
30 Jul 2024
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤުގެ ބަޔޮގްރަފީ ފޮތް ރައީސަށް އަރުވައިފި
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިފޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުންކުރެއްވީ، ފުވާދު ތައުފީޤެވެ.
30 Jul 2024
ޚަބަރު
އެމްްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު ޢައްޔަނުކުރަން ރައްޔިތުންގެ މަޖިީހުން ފާސްކޮށްފި
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ އިއްތިފާޤުންނެވެ.
30 Jul 2024
ޚަބަރު
ހަބީބަށް ކޮމެޓީގެ ރުހުން ލިބިއްޖެ
ހިއުމަން ރައިޓްސް ކޮމިޓީ އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.
29 Jul 2024
ޚަބަރު
މެލޭޝިއާ އެއާލއިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
މެލޭޝިއާގެ ކުއަލަލަމްޕޫރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އަދި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމުގައިވެސް އެމްްއޭސީއެލްއިން ހާމަކުރައްވާފައިވެއެވެ.
29 Jul 2024
ޚަބަރު
ސްޓެލްކޯގެ ޚިދުމަތަކީ ރާއްޖޭގެ އިޤުތިޞާދާއި ގުޅުންހުރި ކަމެއް: ފަހުމީ
ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުން ކަމަށާއި، އެ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
29 Jul 2024
ޚަބަރު
ހިދުމަތުގެ ޝަރަފާއި މެޑަލް ހާސިލްކުރެއްވި މުވައްޒަފުންގެ ޝަރަފުގައި ސްޓެލްކޯ އިން ހަފްލާއެއް ބާއްވާއިފި
މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
29 Jul 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޕެރިހުން އަނބުރާ ވަނޑައިގެންފި
ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއަޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފްރާންސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އަނބުރާ މާލެ ވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މާލެ ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ.
27 Jul 2024
ޕެރިސް އޮލިމްޕިކްސް 2024
ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ތާރީހީ ހަރަކާތްތަކަށްފަހު އޮލިމްޕިކްސް ރަސްމީކޮށް ފަށައިފި
އޮލިމްޕިކްސް ފުށުމުގެ ގޮތުން މިހާތަނަށް ފެނިގެންދިޔަ އެންމެ ވަރުގަދަ ހަރަކާތްތަކަށްފަހު، ހުކުރު ދުވަހުގެ ރޭ ޕެރިސް އޮލިމްޕިކްސް ރަސްމީކޮށް ފަށައިފިއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ މި ރަސްމިއްޔާތު އެހާ ކުލަގަދަކޮށް ފެނުނު ނަމަވެސް، ވިއްސާރައިގެ ސަބަބުން، މިއީ މި ހަރަކާތްތައް އިންތިޒާމްކުރި ފަރާތް އެންމެ ބޭނުންވި ފެންވަރަށް ނުގެންދެވުނު ރަސްމިއްޔާތަކަށް ވުން ވެސް އެކަށީގެންވެއެވެ.
27 Jul 2024
ޚަބަރު
ނޭޕާލުގައި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުން ސަލާމަތް ވީ ޕައިލެޓް އެކަނި
ސައުރަޔާ އެއާލައިންގެ 9N-AME މަތިންދާ ބޯޓު ވެއްޓުނީ، ނޭޕާލްގެ ޕޮކްރާއަށް ދިޔުމަށްޓަކައި، ތްރިބުވަން އެއާޕޯޓުން ފުރިތަނާއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ އެއާލައިންގެ 19 މުވައްޒަފުންނެވެ. އެމީހުންގެ ތެރެއިން ޕައިލެޓް ފިޔަވާ އެހެން އެންމެން ފްލައިޓް ވެއްޓުނު އެހާދިސާގައި ވަނީ މަރުވެފައެވެ.
27 Jul 2024
ޚަބަރު
ޒައިދާން މަރުވި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި
ޒައިދާންގެ މަރުގެ މައްސަލައިގައި މިހާތަނަށްވެސް އެމްއެންޑީއެފުން އެއްވެސް ވާހަކައެއް އެހާދިސާ އާއި ގުޅޭ ގޮތުން ދައްކާފައި ނުވާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގުމުން އެމްއެންޑީއެފްގެ ތެރޭގައި އަމަލުކުރަމުން އަންނަގޮތުގެމަތިން އެހާދިސާ ހިނގިގޮތް ބަލާ ނިމިފައިވާ ކަމުގައި ދަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ބަލައި ނިމުނީ ކޮން ދުވަހަކު ކަމެއް އަދި ބެލި ބެލުމުން ފާހަގަވީ ކޮންކަމެއް ކަމެއް، އިތުރަށް އެޅީ ކޮން ފިޔަވަޅެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.
27 Jul 2024
ޚަބަރު
ގާޒާގެ ކޮންމެ 10 މީހަކުން 9 މީހެއްގެ ގެދޮރު ވަނީ ގެއްލިފައި: ޔޫއެން
އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އެޅި އިޒްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް، 40000 ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައި ވާއިރު، ބޮންއަަޅައި މުޅި ޣައްޒާ ވަނީ ފުނޑުފުނޑުކޮށްފައެވެ.