Advertisement

ދިވެހި ސިފައިން ބޭއްވި ހިނގާލުމުގެ ތެރެއިން --

02 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ސިފައިންގެ ހިނގާލުން މިއަދާއި މާދަމާ އޮންނާނެ

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިވެހި ސިފައިންގެ މަގުމަތީ ހިނގާލުން މިއަދާއި މާދަމާ އޮންނާނެ ކަމުގައި، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މަގުމަތީ ހިނގާލުން މާލޭގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިއަދު ހަވީރު ކަމަށާއި، މިހިނގާލުން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ، މާދަމާ ކަމަށެވެ.

މި ދެދުވަހުވެސް ހިނގާލުން ފެށުމަށް ހަމަޖައްސާފައި ވަނީ، ހަވީރު 4:15 ގައެވެ.

މާލޭގައި ހިނގާލުން ފަށާނީ، ބަންޑާރަ ކޮށިންނެވެ. އަދި ހިނގާލުން ނިންމާނީ ކަޅުތުއްކަލާކޮއްޓަށެވެ. މިހިގާލުމުގައި ސިފައިން ދަތުރުކުރާނީ، ބަންޑާރަކޮށިން ނުކުމެ، އަމީރު އަހުމަދުން އިރަށް ގޮސް ސޯސަން މަގުން ދެކުނަށް ގޮސް މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާ ރަނި ހިނގުމުން ދެކުނަށް ގޮސް، އަމީނީ މަގުން އިރަށް ގޮސް, ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮއްޓާއި ހަމައަށެވެ.

މާލޭގައި ބާއްވާ ހިނގާލުމުގައި ބައިވެރިން، ފަސް ސަރަހައްދަކަށް މަޑު ކުރާނެއެވެ. މިގޮތުން ހިނގާލުމުގެ ބައިވެރިން މަޑުކުރާނެ ސަރަހައްދުތަަކީ، އަމީރުއަހުމަދު މަގު ޕާކިން ޒޯން (ރައީސް އޮފީސް ފުރަގަސް) ކުރިމަތި، ސޯސަން މަގު ދިވެހި ބަހުގެ އެކަޑަމީ ކުރިމަތި. މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ހަތަރު އަނގޮޅި، އަދި މަޖީދީމަގާއި އިއްޒުއްދީން މަގު ގުޅޭ ހަތަރު އަނގޮޅީގެ އިތުރުން، ބޮޑުތަކުުރުފާނު މަގުން، ކަޅުތުއްކަލާ ކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ.

ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާ ހިނގާލުން ފަށާނީ، ހުޅުމާލޭގައި ކޯސްޓްގާޑުގެ އުޅަނދުތައް އަޅާފައިވާ ސަރަހައްދުގެ ބަނދަރުމަތިންނެވެ. އަދި ހިނގާލުން ނިންމާނީ، ހުޅުމާލޭ ސްޓެލްކޯ އިންޖީނުގެ ކައިރީގައި ހުންނަ، ހުޅުމާލެ ސިފައިންގެ މަރުކަޒަށެެވެ.

ހުޅުމާލޭގައި ބާއްވާ ހިނގާލުމުގައި ސިފައިން 3 ސަރަހައްދެއްގައި މަޑު ކުރާނެއެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކުގެ އުތުރުފަރާތު މައިގޭޓު ކުރިމަތިން ވަން ސެންޓްރަލްޕާކް ބިލްޑިންގ ކައިރީގަޔާއި، ސެންޓްރަލް ޕާކަށް ވަންނަ އިރުމަތީ ގޭޓު ކުރިމަތީގަޔާއި، ސިފައިންގެ ފްލެޓް އިމާރާތްތަކުގެ ކައިރިން، ހުޅުމާލެ ރީތި ގަސްމަގާއި، އަސުރުމާ ހިނގުން ގުޅޭ ހަތަރު އަނގޮޅިއެވެ.

ސިފައިން ބާއްވާ މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ބޭންޑުން ރާގުތައް ކުޅޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.