Advertisement

މީދޫގެ މަގުބައްތިތައް ނިވާލާފައި، ފޮޓޯ: ސޯޝަލް މީޑިއާ

01 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އަނަސްގެ މަރަށް އިންސާފު ނުލިބި 7 އަހަރު ފުރުނު އިރު މީދޫ އަދިވެސް އެ އަނދިރިކަމުގައި

2017 ވަނަ އަހަރު ރަހުމް ކުޑަ ގޮތަކަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ / ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި ވަނިކޮށް، އެ ހާދިސާއަށް 7 އަހަރު ފުރުނު ވަގުތު، އަނަސް ނިސްބަތްވާ ރ. މީދޫ އަނދިރިކޮށްލާ، އޭނާގެ މަރަށް އިންސާފު ހޯދުމަށް އަޑުއުފުލައިފިއެވެ.

މީދޫ ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތް ހިންގާފައިވަނީ މީގެ 7 އަހަރު ކުރިން އަނަސް މަރާލި ވަގުތާ ދިމާވާގޮތަށެވެ. ރަށުގެ ހުރިހާ މަގު ބައްތިތަކެއް ނިއްވާލައި ކުރިޔަށް ގެންދިޔަ މި ހަރަކާތް 15 މިނެޓަށް ދިގު ދެމިގެން ދިޔައެވެ. އަދި މި ހަރަކާތާއެކު، ސޯޝަލް މީޑިއާގައި ވަނީ އަނަސްގެ މަރަށް އިންސާފަށް އެދި އަޑު އުފުލައިފައެވެ.

އަނަސް މަރާލާފައިވަނީ 31 ޖުލައި 2017 ވަނަ ދުވަހުގެ ރޭގަނޑު، 9:15 އާއި 9:30 އާއި ދެމެދުއެވެ.

މީދޫގެ ބަނދަރު ސަރަހައްދު، ފޮޓޯ: ސޯޝަލް މީޑިއާ

މި ހަރަކާތާ ގުޅިގެން މީދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މަގު ބައްތިތައް ނިއްވާލައި ރަށަށް ގެނައި އެ އަނދިރިކަމަކީ އަނަސްގެ މަރާއެކު މީގެ 7 އަހަރު ކުރިން އެ ރޭ އެ ރަށަށް ގެނުވި އަނދިރިކަން ކަމާއި ބަނަކަން ކަމަށާއި، އަދި މިއަދު ވެސް އެ މަރަށް އިންސާފު ނުލިބި ރައްޔިތުން ތިބީ އެ އަނދިރިކަމުގައި އެ ހާލަތުގައި ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނީ، އަނަސްގެ މަރާއެކު އެ ރަށަށް ގެނުވި ބިރުވެރިކަމާ ހިތްދަތިކަން އަދި ވެސް ފިލާ ނުދާކަމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ގަސްތުގައި މީހަކު މަރާލިކަމަށް ދައުވާ އުފުލި 3 މީހަކާއި، ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ދައުވާ އުފުލާފައިވާ 4 މީހެކެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި މިދިޔަ މެއި މަހު ވަނީ އިސްތިއުނާފުކޮށްފައެވެ.

ގަސްތުގައި މީހަކު މަރާލިކަމަށް ދައުލަތުން ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.