Advertisement

އައިކު އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރޭގައި --

02 Aug 2024
ޚަބަރު

ޒުވާނުންނަކީ މާދަމާގެ ލީޑަރުންނޭ ބުނެ ހައްދާލައިގެން ގެންގުޅުމުގެ ބަދަލުގައި ޒުވާނުން ލީޑަރުންނަށްވުމަށް ފުރުޞަތު ދޭންވީ މިއަދު: އައިކު

އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އިންޚާބުކުރުމުގެ ވޯޓު ނެގުން މިއަދު ބާއްވާއިރު، މި އިންތިޚާބުގައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ޒުވާން ކެންޑިޑޭޓަކީ، ގާނޫނީ ވަކީލު، އައިކް އަހްމަދު އީސައެވެ. 

އުމުރުން 18 އަހަރުންފެށިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި، އައިކުގެ އަމާޒަކީ، ސިޔާސީ ގޮތުން ބަދަލުވެފައިވާ މިޒަމާނުގައި އެމްޑީޕީގެ ކުރިމަގު އަލުން އުޖާލާކޮށް ޒުވާނުންގެ ބާރުވެރިކަމާއި ވިސްނުން ފުޅާކޮށް ޕާޓީއަށް އިތުރު ކުރިއެރުން ހޯދައި ދިނުމެވެ. އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކުން ނުކުތް ނަތީޖާއެއްގެ ގޮތުގައި، ބޮޑު ދެ އިންތިޚާބު (ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު)ގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޕާޓީގެ ކުރިމަގާއި މެދު ސުވާލު އުފެދުނު މިދަނޑިވަޅުގައި އެމްޑީޕީއާއިގެން ދެން ކުރިޔަށް ދާންވީ ޒުވާނުން ކަމުގައި، އަދި އެފުރުޞަތު ލިބެންވީ ޒުވާނުންނަށް ކަމުގައި އައިކު ފާހަގަކުރިއެވެ.

"އަބަދުވެސް ކިޔާ އަޑު މި އިވެނީ، ޒުވާނުންނަކީ މާދަމާގެ ލީޑަރުންނޭ! މާދަމާއަކީ އަންނާނެ ދުވަހެއް ކަމަށް ވަންޏާ، ޒުވާނުން ލީޑަރުންނަށް ވާ ދުވަހަކަށް ހަދަންވީ މިއަދު. ޒަމާން ބަދަލުވެއްޖެ. ހާލަތު ބަދަލުވެއްޖެ. މިއަދު ކުރިމަގަށް މިސްރާބު ހިފަން ތިބީ، މިލޭނިއަލްސް އާ ޖެންޒީ."

އެމްޑީޕީގެ ޒުވާން މެމްބަރު، އަދި ގާނޫނީ ވަކީލު، އައިކް އަހްމަދު ޢީސާ

އައިކު ފާހަގަކުރި ގޮތުގައި ސިޔާސީ މައިދާނުގައި، މިއަދު ހަރަކާތްތެރިވާ ޒުވާނުންނަށް ފުރުޞަތުތައް ލިބެންޖެހޭ ދުވަހަކީ މިއަދެވެ. ސިޔާސީ މައިދާނުގައި ތިބި ޤާބިލް، ހީވާގި ޒުވާނުން ތިބެން ޖެހޭނީ މާދަމާގެ އިންތިޒާރުގައެއް ނޫނެވެ.

މިއަދު ޤައުމުގެ ކުރިމަގާއި ޕާޓީތަކުގެ ކުރިމަގާއި މެދު ގޮތް ނިންމާން ވޯޓުދޭން ތިބި ބަޔަކީ، ޒުވާނުންނެވެ. ޒުވާނުންގެ މައްސަލަތަކާއި ޒުވާނުން ބޭނުންވާ ގޮތްތަކާއި ޒުވާނުންގެ ކުރިމަގު ބިނާކުރުމަށް ސިޔާސަތުތައް އެކަށައެޅުމަށް ބޭނުން ވަނީ އެ މައުލޫމާތު އެނގޭ ބައެކެވެ.

އައިކު ފާހަގަ ކުރި ގޮތުގައި ޕާޓީގެ އެކި ހަރަކާތްތަކުގައި އިސްވެ މަސައްކަތް ކުރާ އަދި މަސައްކަތް ކުރަން ތިބި ބަޔަކީ، ޒުވާނުންނެވެ. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތެއް އައިކުއަކީވެސް މިއަދު ޕާޓީ ތަމްސީލުކުރުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލާ ޒުވާނެކެެވެ. ޕާޓީގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކޮށް ޕާޓީގެ ހައްޤުތައް ނެގެހެއްޓުމަށާއި، ޕާޓީގެ މެމްބަރުންގެ ވަޒީފާގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ކޯޓުތަކާއި ޓްރައިބިއުނަލުގައި މިހާރުވެސް އައިކު އަންނަނީ މަސައްކަތް ކުރަމުންނެވެ. 

"ޕާޓީގެ ހަރަކާތްތަކުގައި، އެކްޓިވްކޮށް އުޅޭ މީހުންނަށް، ޕާޓީކުރިޔަށް ގެންދެވޭނީ. މިއަދު ބޭނުން ވަނީ ޕާޓީގެ ކަންކަމުގައި އުޅޭ މީހުންނަށް ފުރުޞަތު ލިބުން. މިއަދުގެ ސިޔާސީ ހަޤީޤަތްތަކަށް ލޯހުޅުވިފައިވާ އައު މީހުންނާއި އެކު އައު ބަދަލަކަށް މިސްރާބު ހިފުން."

އެމްޑީޕީގެ ޒުވާން މެމްބަރު، އަދި ގާނޫނީ ވަކީލު، އައިކް އަހްމަދު ޢީސާ

އައިކު އެމްޑީޕީގެ ޒުވާނުންނާއި އެކުގައި --

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، މިހާތަނަށް އެތައް ދާއިރާއެއްގެ މެމްބަރުންގެ މަޤާމު ހުސްވެފައި އޮތުމަކީވެސް، ޕާޓީ ހިންގުމަށް އޮތް ދަތިކަމެއްކަމުގައި އައިކު ފާހަގަކުރިއެވެ. އޭގެ އިތުރުން ޤައުމީ މަޖިލީހުގެ ބައްދަލުވުންތަކާއި ޖަލްސާތަކަށް، އެކަށީގެންވާ ގޮތެއްގައި މެމްބަރުންނަށް ހާޟިރު ނުވެވޭކަންވެސް އައިކު ފާހަގަކުރިއެވެ.

އައިކު އަކީ، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހާއި ލީގަލް އެފެއާޒް ކޮމިޓީ އާއި، ދިރާސާ ކޮމިޓީގެ މެންބަރުކަމުގެ އިތުރުން ޔޫތު އެންޑް ރިސޯސް ކޮމެޓީގެ ޑެޕިއުޓީ ޗެއާއެވެ. އެހެން ނަމަވެސް އެމްޑީޕީއާއި މެދު ބަސްބުނެވޭ މަޤާމަކީ އެމްޑީޕީގެ ޤައުމީ މަޖިލިސް ކަމުގައި ވުމާއި އެކު، އެމްޑީޕީ ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ ގޮތުގައި ޕާޓީީގެ ކުރިމަގު ބިނާކުރުމުގެ މަސައްކަތަށް ނުކުތުމަކީ އައިކުގެ އަމާޒެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.