Advertisement

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނެގުމުގެ ތެރެއިން --- ފައިލްފޮޓޯ

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މާދަމާ އޮންނަ އެމްޑީޕީގެ ބައި އިލެކްޝަންގެ ވޯޓު ފޮށިތައް ބަހައްޓާ ބައެއް ތަންތަނަށް ބަދަލު ގެނެސްފި

އުމީ މަޖިލިސް ބައި-އިލެކްޝަން 2024 ގައި މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ  ބައެއް މަރުކަޒުތައް ބަދަލުވެފައިވާ ކަމުގައި އެމްޑީޕީން ހާމަކުރައްވައިފިއެވެ.

އެޕާޓީން ހާމަކުރައްވާފައިވާ ގޮތުގައި، 20 ދާއިރާގެ މީހުން ވޯޓުލާ މަރުކަޒުތަކަށް ބަދަލު ގެނެސްފައިވެއެވެ. މިގޮތުން ވޯޓުލާ މަރުކަޒުތަކަށް އައި ބަދަލުތަކާއި ދާއިރާތަކުގެ ފޮށިތައް މިހާރު ހުންނާނޭ ތަންތަން އެޕާޓީން މިއަދު ވަނީ އާއްމުކޮށްފައެވެ.

މިގޮތުން އެމްޑީޕީގެ އަތޮޅުތަކުގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާ، ދިއްދޫ ދާއިރާ ކެލާ ދާއިރާ އަދި ތުޅާދޫ ދާއިރާ އާއި ދަނގެތި ދާއިރާގެ އިތުރުން ފަރެސް މާތޮޑާ ދާއިރާގެ މާލޭގެ ވޯޓު ފޮށިތައް ހުންނާނީ، ހިރިޔާ ސްކޫލުގައެވެ. އަދި މާލޭގެ ދާއިރާތަކުގެ ވޯޓު ފޮށިތައް ހުންނާނީ ތާޖުދިއްދީން ސްކޫލުގައެވެ.

 މާދަމާ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި އިލެކްޝަންގެ ވޯޓު ނެގުން ކުރިޔަށްދާނީ، މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 9:30އަށެވެ. މިބައި އިލެކްޝަންގައި އަތޮޅުތަކުގެ ދާއިރާތަކުގެ 9 ފޮށި އަދި މާލެ ސަރަހައްދުގައި 27 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމުގައި އެމްޑީޕީން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.