ޚަބަރު
03 Aug 2024
ޚަބަރު
މިއަހަރުގެ މިހާތަނަށް 22 ކުއްޖަކު ވަނީ އާއިލާތަކާއި ހަވާލުކުރެވިފައި: މިނިސްޓަރ
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ ކުޑަކުއްޖަކަށްވެސް އާއިލާއެއް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ޢަމާޒެއް ކަމަށެވެ.
03 Aug 2024
ޚަބަރު
މިމަހު މާލެއިން %94 އަދި ހުޅުމާލެއިން %85 ގޭބިސީގެ ކަރަންޓް ބިލްތައް ކުޑަ: ސްޓެލްކޯ
ސްޓެލްކޯއިން ފަރާތުން ފޯރުކޮށްދޭ ކަރަންޓް ޚިދުމަތުގެ ބިލްތައް އާދާޔާއި ޚިލާފަށް ބޮޑު ކަމުގެ ޝަކުވާތައް ފާއިތުވި ދެތިން މަހުގައިވެސް އާއްމުން ގެންދިޔައީ ކުރަމުންނެވެ. މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަޙްމީ ވިދާޅުވީ، ނިމިދިޔަ މަހުގައި މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރެވުނު ނިސްބަތް އޭގެ ކުރީ މަހާއި އަޅާބަލާއިރު ދަށް ވެފައިވާ ކަމަށެވެ. މިގޮތުން މާލޭގެ %94 އިންސައްތަ ގޭބިސީގެ ކަރަންޓް ބިލްތައް ކުރީމަހަށް ވުރެ ކުޑަ ކަމުގައި ފަހުމީ ވިދާޅުވިއެވެ.
03 Aug 2024
ދުނިޔެ
އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އިތުރު ސާމާނު ފޮނުވަން ނިންމައިފި
މިކަން ހާމަކޮށް، ޕެންޓެގަންގެ ތަރުޖަމާނު ސަބްރީނާ ސިންގު ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަދި މި އަހަރުގެ އެޕްރީލްގައި ހާމަކޮށްފައިވާނޭހެން، އެމީހުން އޮތީ ދުނިޔޭގެ ހަތަރު ބިތުގެ ހާލަތަށް ރަގަޅަށް ފާރަވެރިވެ ކަމަށާއި، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކުރު މުއްދަތެއްގައި ސިފައިންނާއި ހަތިޔާރު ދިމަދިމާއަށް ފޮނުވޭނެ ފަދަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.
03 Aug 2024
ޚަބަރު
ހަނިމާދޫ އެއާރޕޯޓުގައި ހަތިޔާރެއް ބޭނުންކޮށް މާރާމާރީ ހިންގައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ މުވައްޒަފެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަދި މި މާރާމާރީގައި އަނިޔާ ލިބުނު ފަރާތަށް އަންނަނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
02 Aug 2024
ޚަބަރު
ފަލާހްގެ މައްޗަށް އާޒިމް ބޮޑު ކާމިޔާބެއް ހޯއްދަވައިފި
މިއަދު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަންގައި މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހުގެ މައްޗަށް މާލޭގެ މޭޔަރު އާދަމް އާޒިމް ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.
02 Aug 2024
ޚަބަރު
ބަނގުލަދޭޝް ފިރިހެނެއްގެ ވޮލެޓް ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރުގައި ކަމަށެވެ. އަދި އެމައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލައި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
02 Aug 2024
ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
މިއަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، މެންދުރު ފަހު 2:30 އިން ރޭގަނޑު 9:00 އަށެވެ.
02 Aug 2024
ޚަބަރު
ހެނބަދޫ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލެއް ރޯކޮށްލައިފިއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އެޅުމަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެހެން ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައެވެ. އެ ސައިކަލުވަނީ އެއްކޮށް ހަލާކުވެފައެވެ.
02 Aug 2024
ޚަބަރު
ރަށްރަށަށް ގެންދަން ނޯތު ހާބަރަށް ވައްދާ ވެހިކަލްތަކުން ފީ އެއް ނަގަނީ
މާލެ ނޯތު ހާބަރުން ދެމުންދާ ބައެއް ޚިދުމަތްތަކަށް ނެގޭ އަގަށް ގެނައި ބަދަލުކޮށް އާންމު ކުރުމަށް އެ ކުންފުނިން ކުރި އިއުލާނުގައި ބުނާ ގޮތުން، އަތޮޅުތަކަށް ގެންދިއުމަށް ބޯޓު ފަހަރަށް އަރުވަން ގެންނަ ކޮންމެ ސައިކަލަކަށް 25 ރުފިޔާ، އަދި 4 ފުރޮޅުލީ އުދަނދުގެ ގޮތުގައި ހިމެނޭ ކާރު، ވޭން، މީގެ އިތުރުން 3 ފުރޮޅުލީ އުޅަނދަކަށް 50 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.
02 Aug 2024
ޚަބަރު
މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި
މިކަން ހާމަކޮށް އިމިގްރޭޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓުގައި ބުނީ، މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 6 ބިދޭސީއަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށާއި، އެމީހުން ޑީޕޯޓު ކޮށްލުމަށް ކޮންޓްރޯލާރ ޖެނެރަލް ނިންމަވާފައިވާކަމަށެވެ.
02 Aug 2024
ޚަބަރު
ޒުވާނުންނަކީ މާދަމާގެ ލީޑަރުންނޭ ބުނެ ހައްދާލައިގެން ގެންގުޅުމުގެ ބަދަލުގައި ޒުވާނުން ލީޑަރުންނަށްވުމަށް ފުރުޞަތު ދޭންވީ މިއަދު: އައިކު
އުމުރުން 18 އަހަރުންފެށިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި، އައިކްގެ އަމާޒަކީ، ސިޔާސީ ގޮތުން ބަދަލުވެފައިވާ މިޒަމާނުގައި އެމްޑީޕީގެ ކުރިމަގު އަލުން އުޖާލާކޮށް ޒުވާނުންގެ ބާރުވެރިކަމާއި ވިސްނުން ފުޅާކޮށް ޕާޓީއަށް އިތުރު ކުރިއެރުން ހޯދައި ދިނުމެވެ. އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކުން ނުކުތް ނަތީޖާއެއްގެ ގޮތުގައި، ބޮޑު ދެ އިންތިޚާބު (ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު)ގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޕާޓީގެ ކުރިމަގާއި މެދު ސުވާލު އުފެދުނު މިދަނޑިވަޅުގައި އެމްޑީޕީއާއިގެން ދެން ކުރިޔަށް ދާންވީ ޒުވާނުން ކަމުގައި، އަދި އެފުރުޞަތު ލިބެންވީ ޒުވާނުންނަށް ކަމުގައި އައިކު ފާހަގަކުރިއެވެ.
02 Aug 2024
ޚަބަރު
މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ސިފައިންގެ ހިނގާލުން މިއަދާއި މާދަމާ އޮންނާނެ
މާލޭގައި ހިނގާލުން ފަށާނީ، ބަންޑާރަ ކޮށިންނެވެ. އަދި ހިނގާލުން ނިންމާނީ ކަޅުތުއްކަލާކޮއްޓަށެވެ. މިހިގާލުމުގައި ސިފައިން ދަތުރުކުރާނީ، ބަންޑާރަކޮށިން ނުކުމެ، އަމީރު އަހުމަދުން އިރަށް ގޮސް ސޯސަން މަގުން ދެކުނަށް ގޮސް މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާ ރަނި ހިނގުމުން ދެކުނަށް ގޮސް، އަމީނީ މަގުން އިރަށް ގޮސް, ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮއްޓާއި ހަމައަށެވެ.
01 Aug 2024
ޚަބަރު
އެއާލައިންތަކުގެ ގްރައުންޑް ހޭންޑްލިންގ އޭޖެންޓުންނަކީ ދިވެހި ކުންފުނިތަކަށް ހައްދަވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެ
ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުންކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
01 Aug 2024
ޚަބަރު
ރާއްޖެއަށް މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށައިފި
މިގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައެވެ. މިބޯޓުން 168 ފަސިންޖަރުން ވަނީ މާލެއަށް އައިސްފައެވެ.
01 Aug 2024
ޚަބަރު
އަދަބީ މުބާރާތްތައް ބޭއްވުމަށް ނިންމި ތާރީޚަށް އެއް ދުވަހަށް ވެފައި ވަނިކޮށް މުބާރާތްތައް ފަސްކޮށްފި
ޤައުމީ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި ޅެން ހެދުމުގެ ޤައުމީ މުބާރާތަށް ސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތަކުން ތައްޔާރުވެ، މުބާރާތް ބާއްވާ ތާރީޚަށް އެއް ދުވަހަަށް ވެފައި ވަނިކޮށް، ޖުލައި 31 ވީ ބުދަ ދުވަހު، ދިވެހިބަހުގެ އެކެޑަމީން ވަނީ މުބާރާތްތައް ފަސްކުރިކަން ސްކޫލުތަކަށް އަންގާފައެެވެ. އަދި މުބާރާތްތައް ބާއްވާ ތާރީޚު ފަސްކުރި ނަމަވެސް އަލުން މުބާރާތްތައް ބާއްވާނެ ތާރީޚެއް އެކަޑަމީ ކަނޑައަޅާފައެއް ނުވެއެވެ.
01 Aug 2024
ޚަބަރު
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.