Advertisement

ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއާ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލު ކުރައްވަނީ، ފޮޓޯ: މިނިސްޓަރ ޝަހީމް

05 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިސްލާމީ މަރުކަޒުގައި ޙުޠުބާއެއް ދެއްވުމުގެ ދައުވަތު ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް ދެއްވައިފި

މައްކާގައި އޮގަސްޓު 4-5 އަށް ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އިސްލާމީ ވުޒާރާތަކުގެ ބައިނަލްއަޤްވާމީ މަހާސިންތާގެ ތެރެއިން ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއާ ބައްދަލު ކުރައްވައި، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދައުވަތު އަރުވައިފިއެވެ.

އެ މަނިކުފާނަށް ދައުވަތު އެރުއްވީ، އެ މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަޑައިގެންނެވި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ.

" އަޅުގަނޑުވާނީ އެމަނިކުފާނު ރާއްޖެވަޑައިގެން، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދަޢުވަތު އަރުވާފަ. އިންޝާ ﷲ އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ."

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.

އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ނުވަ ވަނަ ޖަލްސާގެ ފަސް ވަނަ ސެޝަންގެ ރިޔާސަތު ވެސް މިނިސްޓަރު ވަނީ ބަލަހައްޓަވައިފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.