Advertisement

ބަނގުލަދޭޝްގެ އަސްކަރީ ސިފައިން ބޮޑު ވަޒީރުގެ ރަސްމީ ގެ ކޮޅުގައި -- ފޮޓޯ: އަލްޖަޒީރާ

05 Aug 2024
ޚަބަރު

ހަމަނުޖެހުންތައް ބޮޑުވެ ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިފި

ހަމަނުޖެހުންތައް ބޮޑުވެ ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވައި ވެރިރަށް ޑާކާ ދޫކުރައްވައި ފިއްލަވާފައިވާ ކަމުގައި، ބަނގުލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަސީނާ ފިއްލަވާފައި ވަނީ، އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގައެވެ. އަދި ޑާކާދޫކޮށް ވަޑައިގެންނެވީ ޤައުމުން ބޭރަށް ކަމުގައިވެސް ރިޕޯޓްތައް ބުނެފައިވެއެވެ. ހަސީނާ ގަނޑުވަރު ދޫކުރައްވައި ފިއްލެވީ، މުޒާހަރާ ކުރަމުންދާ އާއްމުން ސަލާމަތީ ސަފުތައް ފޫއަޅުވާލައި، ހަސީނާ ދިރިއުޅުއްވަމުން ގެންދަވާ ރަސްމީ ގެކޮޅަށް ވަދެގަތުމުންނެވެ. 

ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބަނގުލަދޭޝްގައި މިދިޔަ މަހު މުޒާހަރާތައް ފެށުނީ، އެޤައުމުގެ ސަރުކާރުގެ ވަޒީފާތައް ދިނުމުގައި، އެޤައުމަށް މިނިވަންކަން ހޯދުމުގައި މަސައްކަތްކުރެއްވި ފަރާތްތަކުގެ އާއިލާތަކަށް ކޯޓާ ކަނޑައަޅާފައި އޮންނަ މައްސަލައިގައެވެ. 

މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އައީ، ބަނގުލަދޭޝްގެ ޔުނިވަސިޓީތަކުގައި ކިޔަވާކުދިންނެވެ. މުޒާހަރާތަކުގައި ހިނގަމުން އައި ހަމަނުޖެހުންތަކުގައި މިހާތަނަށް 300 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި، އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނެއެވެ.

ބަނގުލަދޭޝްއަށް ހަމަޖެހުން ގެނައުމަށާއި ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި، އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ބަނގުލަދޭޝްގެ ވެރިރަށްޑާކާގައި މިއަދު މުޒާހަރާތައް ވަރުގަދަވެފައި ވުމާއިއެކު، ކާފިއު އިއުލާނުކޮށް، ފުލުހުންނާއި ސިފައިން ވަނީ ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުންތައް މައިތިރިކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.